ތާރާ ތަމަން އަތުގައި ހިފާ ހިނގައި ގަތުމުން ޝަބާއާއި އައިޒާވެސް ފަހަތުން އައެވެ. ގެއަށް ވަދެވުމާއެކު ތާރާ އެއްމެ ފުރަތަމަ ވެސް ދިޔައީ އޭނާގެ ލޯބިވާ ބައްޕަ ގާތަށެވެ.
ބައްޕާ ވަރަށް ލަސްވެއްޖެދޯ.... ތާރާ ބައްޕަ ކައިރީ ގޮނޑީގައި އިށީންދެ ބައްޕަގެ އަތުގައި ހިފާލަމުންވަރައް ލޯބިން ބުނެލިއެވެ.
އަދި އެހާ ލަހެއްނުވޭ ދަރިފުޅާ" ދީބަލަ ދަރިފުޅާ ބައްޕައަށް ފެންފޮދެއް" ނިޔާޒް އެހެން ބުނެލުމުން ތާރާ ތެދުވެގެން ގޮސް ކާގެއަށް ވަދެ ތައްޓަކަށް ފެންފޮދެއް އަޅައިގެން އައިސް ބައްޕަގެ ބޯ ހިއްލުވާލާފައި ތަށި ތުނބުގައި ޖެއްސިއެވެ.
ބައްޕާ ދޮންމަދު ކާނަންތަ" މިއައީ އަޅުގަނޑާ ދޮންތަޔާ ދޮންމަދު ބިނދެގެން މިހިރީބައްޕައަށްވީ ބައި" ތަމަން އޭނަގެ ބައްޕަބާއްވާފައި އޮތް އެނދުގައި އިށީނދެ ކޮތަޅުން މަދުތައްނަގާ ނިޔާޒްއަށް ދިއްކޮއްލަމުން ބުނެލިއެވެ.
އެވަގުތުވެސް އެދެދަރިން އޭނަދެކެވާ ފުރިހަމަ ލޯބިފެނުނެވެ.ބައްޕައަށް އެނގޭތަ ކޮއްކޮ މިއަދުވެސް ގަހަށް އެރި އަޅުގަނޑު ނާރާށޭ ބުނީމަވެސް"ތާރާ ބައްޕަ ކާރީ ތަމަންގެ ކުށްދައްކާލަމުން ބުނެލިއެވެ.
ތެދެއްތަ ދަރިފުޅާ ބައްޕަ ބުނީމެއްނު ގަހަށް ނާރައްޗޭ ދަރިފުޅުމެންނަށް ކަމެއް ވެއްޖާ ބައްޕަ މިހެން އޮންނަ އިރު ބައްޕަ ކިހާ ދެރަވާނެ. ނިޔާޒް ދެރަވެލާފައި އެހެން ބުނެލުމުން ތަމަން ވަރައްދެރަވިއެވެ
ދެންނާރާނަން ބައްޕާ ސޮރީ" ތަމަން ދެރަވެލާފައިބުނެލިއެވެ.
ކޮބާތަ ސަލާމްބޭ" ބުނެބަލަ ބައްޕަ ބުންޏޭ އާދެބަލާށޭ"ނިޔާޒް އެހެން ބުނުމުން ތަމަންއާއި ތާރާ ދެމީހުން އެއްފަހަރާ ހިނގައިގަތެވެ.
ދެކުދިން ދާތަން ބަލަން ނިޔާޒް އޮތް އިރު އެދެލޮލުން ކަރުނަ އާދެއެވެ. އެދެކުދިން އޭނަދެކެ ވާލޯބި އެނގުމުން ހިތަށް އުފާވެރިކަން ލިބުނަސް އެއުމުރުގެ ދެއަންހެން ކުދިންނަށް ދޭންވާ ހިމާޔަތާ ލޯބި މިއަދު އޭނައަށް އެދެކުދިންނަކަށް ދެވޭކަށްނެތެވެ.
މަންމަ ދުނިޔޭގަ ހުރެ މައެއްގެ ފަރާތުން ލިބެންވާ ލޯބިވެސް ވަނީ ގެއްލިފައެވެ އެތައް ޑޮކްޓަރީ ފަރުވާއަކާއި ދިވެހި ބޭސް ތިން އަހަރު ވަންދެން މެދު ނުކެނޑި ކުރެވުން އިރު އެއްވެސް ކުރިއެރުމެއް ލިބޭގޮތް ނުވުމުން ނިޔާޒްވެސް މާޔޫސް ވާގޮތްވިއެވެ.އެހާލުގައި ވަނިކޮށް އަންހެނުން، އޭނާއާއި ދެދަރިން ދުނިޔެއަށް އެކަނިކޮއްލީއެވެ.
މިއަދު ސީމާ އެމީހުން ގާތު ހުރިނަމަ އޭނަ އެހިތާމަތައް ކުރާކަށް ނުޖެހުނީހެވެ. ވަރިވެގެން ސީމާ ގެ ރަށަށްދިޔަފަހުން މިއަހަރައް ތިންއަހަރުވީ އިރު އޭނަގެ އެއްވެސް ހަބަރެއް އެމީހުންނަކަށް ނުވެއެވެ.
ރަށުމީހުން ކިޔާގޮތުންނަމަ ސީމާ ނިޔާޒްއާއި އިނީވެސް ފައިސާގެދަހިވެތިކަމުގައެވެ. އޭރު ނިޔާޒްއަކީ ރާއްޖެ އަށް ނަން މަސްހޫރު ވަޑިއެކެވެ، ނިޔާޒް މާފުއްޓައް ދިޔައީ ދޯންޏެއް ބަނުމަށެވެ.
އެތަނުން ސީމާއަށް ނިޔާޒް ފެނި އިންނަންވެސް އެހީ އޭނާއެވެ.
ސީމާގެބޭރުފުށުގެ ރީތިކަމުގައި ޖެހި ނިޔާޒް އެކަމާ އެއްބަސްވެ މާގިނަދުވަސް ނުކޮށް ކައިވެނި ކުރިއެވެ. ކައިވެންޏައް މާގިނަދުވަސް ނުވެ ތާރާ ލިބުނެވެ. އޭގެ ތިންއަހަރު ފަހުން ތަމަން ލިބުނު އިރުވެސް އެދެމަފިރިން އުޅުނީ ވަރައް ހަމަޖެހިގެންނެވެ.
ހާލަތު ބަދަލުވާން ފެށީ ދޯންޏެއް އެހެލަން އުޅުމުގެ ތެރޭ ނިޔާޒްގެ އެއްފަޅިން ވާގި ދިޔުމާ ގުޅިގެންނެވެ.
އެހާދިސާ ހިނގިތާ މާގިނަދުވަސް ނުވަނީސް ސީމާ އޭނާގެ އުފަންރައް މާފުއްޓަށް ދިޔައީ ނިޔާޒް ކައިރިން ވަރިވެގެން ދެދަރިން ވެސް ދޫކޮއްލާފައެވެ.
ވިސްނުމުގެ ތެރެއަށް ގެއްލިފައި އޮތް ނިޔާޒް ސިހުނީ ސަލާމް އައިސް ނިޔާޒްގެ ގާތު ހުއްޓިލުމުންނެވެ.
ސަލާމް ނެއްނަމަ މިއަދު އޭނައާއިދެދަރިން އުޅޭނީ ކޮންފަދަ ނިކަމެތި ހާލެއްގަ ހެއްޔެވެ.މުޅިއުމުރަށްވެސް ސަލާމްގެ ހިތްހެޔޮކަން ނިޔާޒް ދަންނާނެއެވެ.
ސަލާމްއަކީ މީގެ ދިހަ އަހަރުކުރިން ކުޑަކުއްޖަކައް ޖިންސީގޯނާ ކުރި ކުށުގައި އެރަށައް އަރުވާލާފައިވާ މީހެކެވެ. އެދުވަސްވަރަކީ ނިޔާޒް އެންމެ ގަދަޔަށް ދޯނި ބަނުމުގެ މަސައްކަތް ކުރި ދުވަސްތައްކަމުން ސަލާމްއަށް ވެސް އެކަހަލަ ކަންތައްތައް ކޮންމެވެސް ވަރަކައް އެގޭތީ ނިޔާޒް ގާތު މަސައްކަތް ކުރީ އެދުވަސް ވަރު ލާރި ލިބޭނެ ގޮތެއް ހޯދުމައްޓަކައެވެ.
މިނިވަން ވުމުން ވެސް ނިޔާޒްގެ އޯގާތެރިކަމުން ސަލާމް އެބުރި އޭނާގެ އުފަންރަށް މާލެއަށް ދާން ބޭނުން ނުވީ އާއިލާ މީހުން އޭނަދެކެ އަންނަ ރުޅީގެ ސަބަބުންނެވެ.
ސަލާމް އަށްލިބިފައވާ ބިޔަ ހަށިގަނޑުގެ ސަބަބުން ނިޔާޒް އުފުލާ ގެންގުޅުމަކީ ސަލާމްއަށް މާއުދަގޫ ކަމެއް ނޫނެވެ.
އުމުރުން ތިރީސްއަހަރު ވީކަމުގައި ވިޔަސް އޭނާއަށް ލިބިވައިވާ ބިޔަހަށީގަނޑާއި ކަޅުކަންގަދަ ހަންގަޑުން އުމުރައްވުރެ މީހާ މުސްކުޅިކަމައްދައްކައެވެ.
ސަލާމްއަކީ ބަސްމަދު މީހެއްކަމުން ކޮންމެހެންބުނަންޖެހޭ އެއްޗެއް ނޫނީ ތާރާއާއި ތަމަންއާއިވެސް ނުބުނާނެއެވެ.
****************
ބައްޕާއަޅުގަނޑު މިދަނީ ބަދިގެއަށް ކަމެއް ބޭނުންވެއްޖާ ގޮވާލައްޗޭ" ތާރާ އެހެން ބުނުމުން ނިޔާޒް ބޮލުން އާއެކޭބުނާގޮތައް ހަދާލިއެވެ.
ދޮންތާ ތަމީވެސް ދާނަން" ތަމަންވެސްއެހެންބުނެ ތާރާއާއިއެކު ބަދިގެއަށްވަނެވެ. ތަމީ އިށީންދޭ ގޮނޑީގަ ވަރައް އަވަސް ކޮއްލާނަން" ތާރާ އެހެން ބުނުމުން ތަމަން ތުންދަމާލީ ތާރާ އޭނަ ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވާނެކަން އެނގޭތީއެވެ.
*******************************
މާކިން...މާކިން.." ޝަބާ މާކިން އުޅޭ ކޮޓަރީ ދޮރުގައި ޖަހާލަމުން ގޮވާލިއެވެ.
ނަމަވެސް މާކިންގެ އެއްވެސް ހަބަރެއް ނުވުމުން ޝަބާ ގޭތެރެއަށް ވަނުމައް ހިނގައިގަތެވެ.
މާކިން އަކީ މާލޭގެ ނަން މަސްހޫރު ވިޔަފާރިވެރިއެއްކަމައްވާ ވަސީމްގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގައި ސިއްހީފެންވަރު ދައްކަމުން ގިނަރަށް ރަށެއްގައި ވަސީމްވަނީ ހޮސްޕިޓަލްއެޅުމައްފަހު އެންމެ ރަގަޅު ހިދުމަތްތައް ދެވޭގޮތް ފަހިކޮއްދީފައެވެ.
އެގޮތުން އެރަށުގައިވެސް ވަސީމްވަނީ ހޮސްޕިޓަލް އެއް އެޅާ ރަގަޅުހިދުމައްތައް ދެވޭ ގޮތް ހަދާފައެވެ.
އެރަށު ހޮސްޕިޓަލާއި ހަވާލުވެގެން ހުރިމީހާ ކުއްލި ގޮތަކައް ވަޒީފާއިންވަކިވާން ޖެހުމުން ވަސީމް މާކިން އެރަށައް ފޮނުވީ މާކިންގެ ކިޔެވުން ނިމި މާލެ އައިތާ އެއްމަސްވާން ގާތްވެފައި ވަނިކޮށެވެ.
ޝަބާމެންގެ ގެއާއި ވަކިން އެގޮތަށް އަންނަ މީހުންނައް ކުއްޔައްދޭންހަދާފައިވާ ކޮޓަރިއެއްގައި މާކިން އުޅޭތާ އަދިވީ ތިންމަސްދުވަހެވެ.
މާކިންގެ އަހުލާގް ރަގަޅު ކަމުން ޝަބާމެންނާ އުފެދިފައިވަނީ ވަރައްގާތް ގުޅުމެކެވެ. ޝަބާގެ ދޮންބެ ޔަޒާންއަކީ އެރަށުގައި މާކިން އެއްމެ ގާތްކޮއްއުޅޭ އެކަކެވެ. އެހެންކަމުން މާކިން ހުރިހާވަގުތެއްގައިވެސް ކައި ހަދަނީވެސް އެގެއިންނެވެ.
ކޮބާ މާކް ނުނިކުތްތަ" ތާރާޔާ އެވާހަކަ ދެއްކިންތަ"ޔަޒާން އައިސް ޝަބާ ކައިރީ މަޑުކޮއްލަމުން ބުނެލިއެވެ.
ދެއްކިން ތާރާވެސް އެހާބޮޑައް ނުދެއްކި އެވާހަކައެއް ބުނީ މާކް ތާރާދެކެލޯއްބެއް ނުވެއޯ" ދެންނޭގެ "...
ޝަބާ ބުނެލިއެވެ.
ޝަބާ އެހެން ބުނެލުމުން ޔަޒާން އަތުގައިއޮތް ޓީޝާޓް ބޮލުން ވައްޓާލާމުން ގެއިން ނިކުތެވެ.
މާކް....މާކް...." ޔަޒާން ދެފަހަރަކު ގޮވާލުމާއެކު މާކިން ދޮރު ހުޅުވާލިއެވެ.
އެހެންޏާ އަބަދު ތާޒާކޮއް ހުންނަ އެމޫނުމަތީ މިއަދު އެއްވެސް ތާޒާކަމެއްނެތެވެ. ފަން ރީތި އިސްތަށިކޮޅުވަނީ އެއްވެސް ތަރުތީބެއް ނެތި ހޭވިފައެވެ. އަބަދުމެ ނުފިލާ އެމޫނުމަތީވާ ހިނިތުންވުން މިއަދު ފެންނާކަށްނެތެވެ.
އެތައްދުވަހަކު ބަލިވެ އުޅޭމީހެކޭ މާކިން އެކޭ ތަފާތެއްނެތެވެ.
ދޮރުހުޅުވާލާފައި ޔަޒާން ވަންނަން ތަންދައްކަމުން މާކިން ގޮސް އެދުގައި އިށީނެވެ. ފަހަތުން ޔަޒާންވެސް އައިސް މާކިން ގާތު އިށީނެވެ.
"މާކް ތިހެން ނުކައިނުބޮއި ކޮޓަރީ އޮތަސް އަހަރެންނަށް ނޭގޭނެ، ވެގެން އުޅޭ ގޮތް ކިޔައި ނުދެންޏާ ތިކަމަށް ހެލްޕެއްވާކައްވެސް" ކޮއްކޮ ތާރާގާތު އަހައިގެންވެސް އެއްޗެއް އޮޅުންފިލާގޮތެއްނުވި" ޔަޒާން ބުނެލިއެވެ.
'"ޔަޒް އަހަރެންނަކައް ނޭގެ ހަދަން ވީ ގޮތެއް "' އަހަރެން ތާރާ ދެކެ ހާދަލޯބިވޭ" އަހަރެން ތާރާއަށް ދެރައެއް ލިބޭނެ އެއްވެސް ގޮތަކައް ކަންތައް ނުކުރާނެކަން ކީއްވެތަ ތާރާއަށް ނުވިސްނެނީ" އަހަރެން ހަމައެކަނި ބުނީ އަހަރެން މެރީކޮއްގެން ތާރާގޮވައިގެން މާލެ ދާވާހަކަ " އަހަރެން އެހެން ބުނީމަ ތާރާ ހިތްހަމަނުޖެހިގެން ދިޔައީ "އަހަރެން ތާރާ ގޮވައިން ދާއިރު ތާރާގެ ކޮއްކޮއާއި ބައްޕަ ދޫނުކޮއްލާނެކަން ތާރާއަށް އެގެންޖެހޭނެއްނު " މާކިން ދެއަތުން ބޮލުގެ އިސްތަށިގަނޑުތެރެއަށް ދެއަތްކޮއްޕާލާ އިސްތަށިގަނޑަށް ބާރުކޮއްލަމުން ބުނެލިއެވެ"ތާރާ އަހަރެންނާ ވާހަކަ ދައްކާކައްވެސް ބޭނުމެއްނުވޭ"ބަލާބަ އަހަރެން ތާރާއަށް ގުޅާފަހުރިވަރު އެކަމަކު ކޮންމެ ފަހަރަކުވެސް ބިޒީކޮއްލަނީ" މާކިން ފޯން ޔަޒާން އަށް ދައްކާލަމުން ބުނެލިއެވެ.
"ޔަޒް އަހަރެންނަށް ތާރާއާއި ވާހަކަ ދެއްކޭނެ ކޮންމެސް ގޮތެއް ހަދައިދީބަލަ" މިހާ ފުރާދުވަސް ގާތްވެފަ ހުއްޓަ ތާރާ އެހެން ހެދިއިރު އަހަރެން ދެރަވާނެވަރު ވިސްނާނުލި"މާކިން ޔަޒާން އަށް ބަލާލާފައި އެހެން ބުނުމުން ޔަޒާން ބޯޖަހާލީކޮންމެސް ގޮތެއް ހަދައިދޭނަމޭ ބުނާކަހަލަ ގޮތަކަށެވެ.
"ދެން ހިގާ ކޮންމެސް އެއްޗެއްކާންދާން، އަހަރެން ކޮއްކޮ ކައިރީ ބުނެގެން މިރޭ ކޮންމެސް ގޮތެއް ވޭތޯ ބަލާނަން"ޔަޒާން އެހެން ބުނެ ކޮޓަރިން ނިކުމެގެން ދިޔުމުން މާކިން ވަނީ ފާހާނާއަށެވެ.
******************************
"ދޮންބޭ.... ޝަބާ އައިސް ޔަޒާން ކައިރީ އިށީންނަމުން ގޮވާލީ ޔަޒާން ކަމަކާ ވިސްނަން އިންހެން ހީވުމުންނެވެ.
'ކޮބާތަ މާކިން؟ ނުނިކުތްދޯ!
ޝަބާ ޔަޒާންގެ މޫނައް ބަލާލަމުން ބުނެލިއެވެ.
"އުނހު..އެބަ ނިކުމޭ... "ކޮއްކޮ ވެއްޖެ ކަމެއް ކޮއްދޭން "ޔަޒާން އެހެން ބުނެލުމުން ޝަބާ ކޮންކަމެއްހޭ ބުނާކަހަލަ ގޮތަކައް ޔަޒާން އަށް ބަލާލިއެވެ.
ކޮއްކޮ ކޮއްދޭންވީ ކަމަކީކޮންމެސް ގޮތަކައް ތާރާ ޖޯއްޔައް ނެރެދޭންވީ "ކޮއްކޮ ދިޔައިމަ ދޮންބެ މާކިން ފޮނުވާނަން..
އޯކޭ..އަހަރެން ތިކަންތައް ކޮއްދޭނަން ' ހިނގާ ކާންދާން" ޝަބާ އެހެންބުނެ ޔަޒާން އާއި އެކު ސޯފާއިން ތެދުވިއިރު މާކިންވެސްއައިސް ގޭތެރެއަށް ވަންނަނީއެވެ.
ތިންމީހުން އެކުގައި ކާގެއަށްވަދުންއިރު ޝަބާމެންގެ މަންމަ މަޖުދާ ކާން ތައްޔާރު ކޮށްފާހުއްޓެވެ. މާކިން އަވަހައް އާދޭ' މާކިން ފެނުމާއެކު މަޖުދާ ބުނެލިއެވެ.
މަޖުދާއަކީ މީހުންނާ ގުޅޭ ހިތްހެޔޮ އަންހެނެކެވެ. މަޖުދާގެ ގައިގައި ހުރި ރަނގަޅު ސިފަ ޔަޒާން އާއި ޝަބާއަށްވެސް ލިބިފައިވެއެވެ. ސިފައިގެގޮތުން ޝަބާއަށް ލިބިފައިވަނީ މަޖުދާގެ ސިފައެވެ. ނަމަވެސް ޔަޒާން އަށް ލިބިފައި ވަނީ އޭނަ ބައްޕަ ފުއާދުގެ ސިފަތަކެވެ. ފުއާދު އެކޭ އެއްގޮތައް އޮޅަލި ކުލައިގެ ހަންގަނޑަކާއި ދިގު އިސްކޮޅަކާއި ހިމަ ހޯލިހަށިގަނޑެކެވެ. ގަދަޔައް ވައިޖެހޭ ދުވަހެއް ވިއްޔާ މަޖުދާ އެދެބަފައިންނައް މަގުމައްޗައް ނިކުމެއްޖާ ވަޔާ އެއްލައިލާފާނޭ ކިޔާ ދިމާކޮއްހަދާނެއެވެ. ފުއާދުއާއި ޔަޒާންވެސް މަޖުދާމެންނާ ދިމާކުރަން އަބަދުވެސް އެދެމައިން ތިބޭލެއް ކުރުކަމުން އަބަދު ދިމާކޮއްހަދައެވެ.
ދަރިފުޅުމެން ކާލާ.. ބައްޕަ މީހަކު ބުނެގެން ކުޑަ މަސަތްކަތެއް ކޮއްލަދޭން ދިޔައީ .. މަންމަ މަޑުކޮއްލާނަން ބައްޕަ އަންނަންދެން .." ޔަޒާން ކާންނުފަށާ އިންނަން ފެށުމުން މަޖުދާ ބުނެލިއެވެ.
****************************
ދޮންތާ!!.. މިއޮއްއައީ ޝާ ދޮންތަ ހޯދަން "ތަމަންއެހެން ގޮވާލުމުން ބަދިގެ ތެރޭގައި ހުރެފައި ތާރާ ނިކުތެވެ.
"ކައި ނިމުނީތަ؟ ... 'ޝަބާއައިސް ތާރާ ގާތު ހުއްޓިލަމުން ބުނެލިއެވެ.
"އާން .. ކައި ނިމިއްޖެ.' ކަމަކުތަ؟ ޝަބާ އެހެން ބުނިމުން ތާރާ ސުވާލުގެ ނަޒަރަކުން ބުނެލިއެވެ.
ވަރައް ހޫނުވާތީ ހިނގާބަލަ ޖޯއްޔައް ނިކުމެލަން...' އެބައޮތް ކުޑަ ވާހަކައެއްވެސް" ޝަބާ އެހެން ބުނުމުން ތާރާގެ ހިތް އަވަސް ވިއެވެ. އެއީ އެވާހަކައަކީ މާކިންގެ ވާހަކައަކައްވެދާނެތީއެވެ.
ބޭރުފުށުން ކިތަންމެ ހަމަޖެހޭ ގޮތް ދައްކައިގެން ހުއްޓަސް އޭނާއަށް އިތުރު ކަމަކާ ދޭތެރޭ ނުވިސްނެއެވެ.
މަޑުކޮއްލާ އިނގޭ އެބަ އަންނަން ބައްޕަ ގާތު ބުނެލާފަ" ތާރާއެހެން ބުނެ ނިޔާޒްގެ ކޮޓަރިއާއި ދިމާލައް ހިނގައިގަތެވެ.
ތާރާ ދިއުމުން ޝަބާ ތަމަންގާތު ސޯފާގައި އިށީނީ ސްޓާޕުލަސް އިން ދައްކަމުން ދިޔަ ޑްރާމާއަށް ނަޒަރު ހުއްޓާލަމުންނެވެ.
"ތަމީ ދޮންތަ މިނިކުންނަނީ ޖޯއްޔަށް..ކަމެއް ބޭނުންވެއްޖާ ގޮވާލާއިނގޭ" ތާރާ އެހެން ބުނެ ޝަބާއާއި އެކު ގޭ ދޮރާށިން ނިކުތެވެ.
އެންމެ އަތިރިމައްޗާ ކައިރިއަށް ހުރިގެތައް ކަމުން މަގުގެ އަނެއްފަރާތުގެ އަތިރިމައްޗާ ދިމާލުގައި ހެދިފައި ހުރި ހިރުދުގަސްތަކުގައި ހުރީ ޖޯލިއެލުވާފައެވެ.
ހަވީރު ފިންޏަށް އެކި އުމުރުގެމީހުންތައް ޖޯލިތައް ފުރާލާފައިއޮތަސް ރޭގަނޑުގެ އެހަމަހިމޭން ވަގުތުގައި އެތަން އޮތީހުހަށެވެ.
ޝަބާ ތާރާއާއި އެކު އައިސް ޖޯލީގައި އިށީނެވެ.އެވަގުތު ޝަބާގެ ފޯނައް މެސެޖެއް އައުމުން ބަލާލިއިރު ޔަޒާންގެ މެސެޖެކެވެ.
އަވަސް އަވަހައް މެސެޖްހުޅުވާލާ މެސެޖްގައި ވާގޮތަށް އެބައަންނަން ކަމައްބުނެ ޝަބާ ޖޯލިން ތެދުވިއެވެ.
ފަހަތުން ތާރާވެސް ތެދުވެ ހިނގައިގަންނަން އުޅުނެވެ. ނަމަވެސް ހިރުދުގަހުގެ ނިވަލުގައި ހުރި މާކިން އެއަށް ވުރެ ހުޝިޔާރެވެ.
ނުނިމޭ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް