އުތުރުގެ އަތޮޅުތަކަށް މިރޭވެސް ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި ގުގުރާނެ

އުތުރުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގަ މިރޭވެސް ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ. ރޭ އިރާކޮޅު އުތުރުގެ ގިނަ ރަށްތަކަށް ވެހެން ފެށި ވާރޭ އަދި...

09 Aug 2020 | 11:53

އުތުރުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގަ މިރޭވެސް ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

ރޭ އިރާކޮޅު އުތުރުގެ ގިނަ ރަށްތަކަށް ވެހެން ފެށި ވާރޭ އަދި ވެސް ބައެއް ރަށްރަށަށް ދަނީ ބޯކޮށް ވެހެމުންނެވެ. ބޯކޮށް ވާރޭވެހި ގިނަ ރަށްތަކެއްގައި ފެންބޮޑުވަމުން ދާއިރު ބައެއް ރަށްރަށުގައި ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ދަނީ ކުރިމަތިވަމުންނެވެ.

މެޓް އޮފީހުން ވަނީ މިއަދު ހެނދުނުން ފެށިގެން މެންދުރު ފަހު 3:00 ގެ ނިޔަލަށް ހއ. އަތޮޅުން ޅ. އަތަޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓު ނެރެފައި އެވެ. އަދި މިހާރު އެ ސަަހައްދަށް އޮތީ ވައިޓް އެލާޓު ނެރެފައި އެވެ.

އެ އިދާރާއިން ލަފާ ކުރާގޮތުގައި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ އެވެ.

އާންމުގޮތެއްގައި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ހަ މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23  މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. އެކަމަކު އުތުރާއި މެދު ރާއްޖެ ތެރޭގައި ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް