ގއ. ގެމަނަފުށީ ފަޅުގައި އޮތް ލޯންޗެއްގެ ބެޓެރީއެއް ގޮވައި ދެމީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ބެޓެރީ ގޮވާފައިވަނީ މިއަދު ހެނދުނު 10:00 ހާއިރު އެ ލޯންޗުގެ މަސައްކަތެއް ކުރަމުން ދަނިކޮށެވެ.
ދެމީހުންގެ ހަށިގަނޑުގެވެސް އެކި ތަންތަނުން ފިހިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ ދެމީހުންނަށް ގެމަނަފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް