ވިކްޓަރީ އަތުން އީގަލްސް މޮޅުވެއްޖެ

ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން ކްލަބު އީގަލްސް މޮޅެއް ހޯދައިފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުން އީގަލްސް މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ. މެޗ...

09 Aug 2019 | 08:32

ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން ކްލަބު އީގަލްސް މޮޅެއް ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުން އީގަލްސް މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އިން ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު، މެޗުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހްމަދު (ހަންނަ)އެވެ. އަދި ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިމްއެވެ.

އީގަލްސްގެ ތިންވަނަ ލަނޑު، މެޗުގެ 66 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ރިޒުވާން (ރިޒޭ)އެވެ. އަދި މެޗުގައި ވިކްޓަރީގެ ލަނޑު، މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ކާމިޔާބުކޮށްދިނީ އަހްމަދު ރަސްލާންއެވެ.

ލީގު ތާވަލުގައި ތިންވަނައިގައި އޮތް އީގަލްސްއާއި ދެވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެމެދު މިހާރު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. ދެ ޓީމު ވެސް މިހާތަނަށް ކުޅެފައިވަނީ ހަ މެޗެވެ. އެއްވަނައިގައި އޮތީ ހަތް މެޗުން 17 ޕޮއިންޓް ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް