އައިއޯއައިޖީއަށް ވަރުގަދަ ޓީމެއް ނެރުމުގެ މަގުސަދުގައި ޒުވާން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ނިޒާމްބެ

ރާއްޖޭގައި 2023ގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް ތައްޔާރުވުމަށް 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައިފިއެވެ. ފާއ...

09 Aug 2019 | 08:22

ރާއްޖޭގައި 2023ގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް ތައްޔާރުވުމަށް 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައިފިއެވެ.

ފާއިތުވެދިޔަ ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދި ނިޒާމްބެ އެ މަގާމަށް ހަމަޖެއްސިކަން އިއުލާންކުރީ މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ނިޒާމްބެގެ މައިގަނޑު މަގުސަދަކަށް ވާނީ 2023 ވަނަ އަހަރު ބާއްވާ އައިއޯއައިޖީއަށް ޒުވާން ވަރުގަދަ ޓީމެއް ތައްޔާރުކުރުން ކަމަށާއި އެ ގޭމްސްގެ ކުރިން ސާފް އަދި އޭއެފްސީ މުބާރާތްތަކުގައި ވެސް ނިޒާމްބެގެ އިރުޝާދުގެ ދަށުން ޒުވާން ޓީމު ބައިވެރިވާނެ ކަމަށެވެ.

އަމާޒަކީ 16 އަހަރުން ދަށުގެ ޓީމު މިހާރު އޮތް ހަރުފަތަށް ވުރެ މަތީ ހަރުފަތަށް ގެންދިއުން ކަމަށާއި ނިޒާމްގެ މަސައްކަތްތަކުގެ ތެރޭގައި އަތޮޅުތަކަށް ގޮސް، އެ އުމުރުފުރާގެ ކުދިން ޓީމަށް ނެގުން ވެސް ހިމެނޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް