ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ބޭބެ، ރީކޯ އިބްރާހިމް މަނިކު މިއަދު އަވަހާރަވެއްޖެއެވެ.
އަވަހާރަވިއިރު އުމުރަކީ 69 އަހަރެވެ.
ރީކޯ އިބްރާހިމް މަނިކަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރަން މަސައްކަތްކުރެއްވި ފަރާތެކެވެ. އެގޮތުން އަމިއްލަ ޕާޓީއެއްވެސް އޭނާ އުފެއްދެވިއެވެ. މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެސްޑީޕީ) ނަމުގައި އުފެއްދި އެ ޕާޓީގެ ވަގުތީ ކޮންގްރެސްގައި އެ ޕާޓީގެ ވަގުތީ ލީޑަރަކަށްވެސް އިންތިހާބުވީ ރީކޯ އިބްރާހިމް މަނިކެވެ.
ނަމަވެސް 3000 މެމްބަރުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ފަހުން ވަނީ އެޕާޓީ އުވާލާފައެވެ.
ރީކޯ އިބްރާހިމް މަނިކުގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް