" ޖުމްހޫރީ ވިންދު " ގައި އައިޝާ ކެމްޕޭން ދަތުރުތަކަށް

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރ އަދި އެ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާޢީދު ހޯއްދެވުމަށް މާދަމާ އދ އަތޮޅަށް ފުރާވަ...

09 Aug 2018 | 12:48

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރ އަދި އެ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާޢީދު ހޯއްދެވުމަށް މާދަމާ އދ އަތޮޅަށް ފުރާވަޑައިގެން ނަވާނެ އެވެ. އެކަމަނާގެ މިދަތުރު ފުޅުގައި އދ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމުގެ އިތުރުން އއ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިކަމަށް ޖުމްހޫރީ ޕާޓީން މައުލޫމާތު ދެއެވެ.

އެކަމަނާ ކެމްޕެއިންގެ ދަތުރުފުޅުގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކެމްޕޭނަށް ޚާއްސަކޮށްފައިވާ " ޖުމްހޫރީ ވިންދު " ކިޔާ ލޯންޗެއްގައެވެ. މިދަތުރުގައި ހުރިހާ ރަށަކަށްވެސް ވަޑައިގެންނަވާނީ މި ލޯންޗުގައިކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ.

މިދަތުރާ ގުޅިގެން އިތުރު މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހު ވިދާޅުވީ މި ދަތުރުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު އާއި ރަނިންމޭޓް ފައިސަލް ނަސީމަށް ތާޢީދު ހޯއްދެވުމުގެ މަސައްކަތް އެކަމަނާ ކުރައްވާނެކަމަށެވެ. އެގޮތުން ރައްޔިތުންނާ ބައްދަލުކުރައްވާ ދޮރުން ދޮރަށް އެކަމަނާ ހިންގަވާނެކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. މީގެއިތުރުންވެސް އިތުރު ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. އއ އަދި އދ އަތޮޅަށް މިކުރައްވާ ދަތުރުފުޅަކީ 4 ދުވަހުގެ ދަތުރެކެވެ.

އައިޝަތު ނަހުލާ ވަނީ ދާދިފަހުން ލ އަތޮޅަށް ވަޑައިގެން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާޢީދު ހޯއްދެވުމުގައި މަސައްކަތް ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް