ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ޕީޕީއެމްގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މާދަމާ ފުވައްމުލަކަށް ވަޑައިގެންނަވާނެއެވެ. ޑރ.ޝަހީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާދަމާ ފުވައްމުލަކު ސިޓީއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޑރ.ޝަހީމް ކެމްޕެއިން ދަތުރުފުޅެއްގައި ފުވައްމުލަކަށް ވަޑައިގެންނަވާއިރު މީގެކުރިން ޝަހީމް ވަނީ ގއ އަތޮޅަށް ވަޑައިގެން ރައީސް ޔާމީނަށް ތާޢީދު ހޯއްދެވުމަށް މަސައްކަތްކުރައްވާފައެވެ. އަދި މެލޭޝިޔާއަށް ވަޑައިގެން އެތާންގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ ވެސް ވަނީ ކެމްޕެއިންގެ ހަރަކާތްތައް ހިންގަވާފައެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ މަސައްކަތް ޕީޕީއެމް އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް