ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ކެމްޕެއިން އެޖެންޓަކަށް އަދުއީ އިސްލާމާއީލް ހަމަޖައްސަވައިފިއެވެ. އަދުލީ އަކީ މިފްކޯގެ އެމްޑީއެވެ.
ރައީސް ޔާމީންގެ ކެމްޕެއިން އެޖެންޓަކަށް އަދުލީ އިސްމާޢީލް ހަމަޖައްސަވާފައިވާކަން ހާމަކޮށްފައިވަނީ މިއަދު ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމާ ގުޅިގެން ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުއްވުމަށް ވަޑައިގެންނެވީ ޕީޕީއެމް ނާއިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލުގެ އިތުރުން ކެމްޕެއިން އެޖެންޓް އަދުލީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް