ސިދާތްގެ ދިރިއުޅުމަށް އާ އަންހެންކުއްޖަކު ؟!

ގިނަ އަންހެކުންދިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ބޮލީވުޑްގެ އެކްޓަރ ސިދާތް މަނޯތްރާ ލޯބީގެ ގޮތުން މިހާރު ގުޅިގެން އުޅެނީ އެކްޓްރެސް ކިއާރާ އަދްވަނީ އާ ކަމަށް އަޑުތައް ފެތުރެން ފަށައިފިއެވެ. އާލިއާ ބަޓ...

09 Aug 2018 | 08:45

ގިނަ އަންހެކުންދިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ބޮލީވުޑްގެ އެކްޓަރ ސިދާތް މަނޯތްރާ ލޯބީގެ ގޮތުން މިހާރު ގުޅިގެން އުޅެނީ އެކްޓްރެސް ކިއާރާ އަދްވަނީ އާ ކަމަށް އަޑުތައް ފެތުރެން ފަށައިފިއެވެ. އާލިއާ ބަޓް އާއި ސިދާތް އާއި ދެމެދު އޮތް ލޯބީގެ ގުޅުމަށް ނިމުން އައިފަހުން ދުވަސް ތަކެއް ވަނީ ވެފައެވެ. އެއަށްފަހު އަޑުތައް މިފެތުރެނީ ލަސްޓް ސްޓޯރީސްގެ އެކްޓްރެސް  ކިއާރާ އާއި ސިދާތް އާއި ދެމެދު ލޯބީގެ ގުޅުން އޮތް އަޑުތަކެވެ. އާދައިގެ މަތިން ސިދާތް ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ.

މުމްބާއީގައި އޮތް އިވެންޓެއްގައި ސިދާތް އާއި މި ސުވާލުކުރުމުން އޭނާ ބުނެފައިވަނީ ފެންނަ ކޮންމެ އެއްޗެއް ތެދަކަށް ވާނަމަ ކަންކަން ވަރަށް ތަފާތު ވާނެކަމުގައެވެ. އަދި މިވަގުތު އޭނާގެ ދިރިއުޅުން އަންހެން ކުއްޖަކަށް ވަގުތު ދޭ ވަރަށް ވުރެ މާ ބިޒީކަމަށް ވަނީ ބުނެފައެވެ. މަސައްކަތަށް ވަގުތު ދީފައި އޮތް މިންވަރުން އެހެން ކަމަކަށް ވަގުތު ދެވެން ނެތްކަމަށް ސިދާތްވަނީ ބުނެފައެވެ.

ސިދާތް އާއި ކިއާރާގެ ވާހަކަތައް ދެކެވެމުންދަނިކޮށް ދާދިފަހުން ސިދާތް ވަނީ ކިއާރާގެ އުފަންދުވަހު ބޭއްވި އިވެންޓަކަށް ގޮސްފައެވެ. ކޮންމެ އަކަސް ސިދާތް އާއި ކިއާރާ ގެ ދެމެދުގައި އޮތީ ކިހާވަރެއްގެ ސީރިއަސް ގުޅުމެއްކަން އިނގެން އަދި ވަގުތުކޮޅެއް ނަގާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް