ލ އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި ގާ އަޅާ މެޝިނަކަށް ވެއްޓި ބިދޭސީއަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ލ އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި އެވެ. މަރުވެފައިވަނީ އުމުރުން 37 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 08:30 ހާއިރުގައި އެވެ. މި ހާދިސާ ހިނގީ ކޮން ރިސޯޓެއްގައިކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް