އެންމެ ބިޑެއް ހުށަހަޅައިގެން ވެސް ބިޑް ކާމިޔާބުކުރެވޭ ގޮތަށް ފާސްކޮށްފި

އެންމެ ބިޑެއް ހުށަހަޅައިގެން ވެސް ބިޑް ކާމިޔާބުކުރެވޭ ގޮތަށް މާލިއްޔަތު ގަވައިދު އިސްލާހު ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ބުނީ، މާލިއްޔަތު ގަވައިދަށް އެ އިސްލާހު ގެނައީ ބިޑިން ޕްރޮސެސް މިހާރަށް ވުރެ...

09 Jul 2020 | 18:22

އެންމެ ބިޑެއް ހުށަހަޅައިގެން ވެސް ބިޑް ކާމިޔާބުކުރެވޭ ގޮތަށް މާލިއްޔަތު ގަވައިދު އިސްލާހު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މާލިއްޔަތު ގަވައިދަށް އެ އިސްލާހު ގެނައީ ބިޑިން ޕްރޮސެސް މިހާރަށް ވުރެ ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ އިސްލާހުގެ ސަބަބުން ބިޑިން ޕްރޮސެސް އިތުރަށް އަވަސް ވެގެން ދާނެ ކަމަށްވެސް ފިނޭންސުން ބުނެއެވެ.

އެ މިނިސްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް އަހުމަދު މުޖުތަބާ ވިދާޅުވީ، މީގެ ކުރިން ތިން ބިޑް ހުށަހަޅަން ޖެހޭ ގޮތަށް އޮތުމުން ކުދިކުދި ޕްރޮޖެކްޓްތައް ލަސްވެގެންދާ ކަމަށެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު، ފުރަތަމަ ފަހަރަށް އެންމެ ބިޑެއް އަޔަސް އެ ޝަތުރު ހަމަވެ، އެކަށީގެންވާ އަގެއްނަމަ ކާމިޔާބު ކުރެވޭނެ ކަމަށެވެ.

މާލިއްޔަތު ގަވާއިދު އިސްލާހު ކުރުމާއެކު، ކޮންމެ ރަށެއްގެ އޮފީހެއްގައި ވެސް ބިޑް ކޮމިޓީއެއް އުފައްދަން ޖެހެ އެވެ. އަދި ފަސް މިލިއަން ރުފިޔާ އަށް ވުރެ ދަށް އަގުތަކުގެ މަޝްރޫއުތައް ނެޝަނަލް ޓެންޑާ ބޯޑަށް ހުށަހަނާޅައި ކުރި އަށް ގެންދިއުމުގެ ބާރު އެ ބޯޑަށް ލިބިދެއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައިވެސް ފަސް މިލިއަނަށްވުރެ ދަށް އަގުތަކުގެ މަޝްރޫއުތައް އެ ރަށެއްގެ ރަށު ކައުންސިލުން ބިޑު ކޮށްގެން ކުރިޔަށް ގެންދެވޭނެއެވެ. އަދި އެކަމުގެ ސަބަބުން ކައުންސިލަށް ލިބިގެންދާ އާމްދަނީވެސް އިތުރުވާނެ ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް