100 އެމްބީޕީއެސްގެ ހަލުވި ސްޕީޑްތަކާއި އެކު އުރީދޫ ސުޕަރނެޓް ލ.މާމެންދުއަށް

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ލ.މާމެންދޫއަށް ތައާރަފްކޮށްފިއެވެ. "މިއަދު އަޅުގަނޑުމެން މިވަނީ 100 އެމްބީޕީއެސްގެ ހަލުވި ސްޕ...

09 Jul 2020 | 12:20

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ލ.މާމެންދޫއަށް ތައާރަފްކޮށްފިއެވެ.

"މިއަދު އަޅުގަނޑުމެން މިވަނީ 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް މާމެންދޫ ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދީފަ. އަޅުގަނޑުމެން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ ދިވެހިންގެ ދިރިއުޅުން އިތުރަށް ފަހިކޮށް އިތުރު ކުރިއެރުން ހޯދާދިނުން. އެގޮތުން އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތާއި އެކު މާމެންދޫ ރައްޔިތުންނަށް އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމަށް ފުރުސަތުތައް ހުޅުވިގެންދާނެކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިޔަށް އޮތްތަނުގައިވެސް، ރާއްޖޭގެ މުޖުތަމައުތައް ކުރިއަރުވާ، ދިވެހިން އައު ފުރުސަތުތަކަށް ގުޅުވާލަދިނުމުގެ މަސައްކަތް ފަސްޖެހުމެއްނެތި ކުރިއަށްގެންދާނެކަމުގެ ޔަގީންކަން އަރުވަން." އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ހާން ވިދާޅުވިއެވެ.

ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަރނެޓްގެ ޚިދުމަތް ބޭނުން ކުރައްވާ ބޭފުޅުންނަށް ލިބިގެންދެއެވެ. މިގޮތުން، މާމެންދޫ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި،  އިންޓަނެޓްގެ ޚިދުމަތް ސުޕަރނެޓް ފިކްސްޑްބޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ.

މި ޚިދުމަތް ހޯއްދެވުމަށް، ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/getsupernet އަށް ޒިޔާރަތްކުރައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް