ޓޫރިޒަމް މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ހަވާލުކޮށްފި އެވެ.
މިކަން ހާމަކުރެއްވީ ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓުވީޓެއްގައި އެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިންގުން ފައްޔާޒް އާއި ހަވާލު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު މިއަދު ވަކި ކުރެއްވުމަށް ފަހު އެވެ.
އޭނާ މަގާމުން ވަކި ކުރެއްވީ އަމިއްލައަށް އިސްތިއުފާ ދެއްވުމުގެ ފުރުސަތު ރައީސް ރޭ ދެއްވުމަށް ފަހު އެވެ. އަލީ ވަހީދު މަގާމުން ވަކިކުރެއްވީ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެވެ.
މި މައްސަލަ ރޭ ފުލުހުންނަށްވެސް ހުށަަޅާފައިވެ އެވެ. ފުލުހުން ރޭ ބުނީ އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
އިތުރު ތަފްސީލް ހާމައެއް ނުކުރައްވައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހީދުގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު މުވައްޒަފުން އެ މައްސަލަ ހުށަހެޅީ ޖެންޑާ މިނިސްޓްރީ އަށާއި ރައީސް އޮފީހަށެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް