ބާޢީ ލުތުފީ ރާއްޖެ ގެނެސްފި

ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި، ގައުމަށް ޢައްދާރުވި ބާޢީ، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިރޭ ރާއްޖެ ގެނެސްފިއެވެ. ފުލުހުންގެ ބެލުމުގެ ދަށުން ލުތުފީ މިރޭ ރާއްޖެ ގެ...

09 Jul 2019 | 17:23

ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި، ގައުމަށް ޢައްދާރުވި ބާޢީ، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިރޭ ރާއްޖެ ގެނެސްފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުން ލުތުފީ މިރޭ ރާއްޖެ ގެނެސްފައިވަނީ އެމިރޭޓްސް ފްލައިޓް އީކޭ 653 އިންނެވެ.

ތިނެއް ނޮވެމްބަރު 1988 ގެ އުދުވާނީ ހަމަލާއާއި ގުޅިގެން އިއްވި މަރުގެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރުމުން، އެ ހުކުމުގައި ބާކީ ހަތަރު އަހަރު އޮއްވާ ލުތުފީ ފަނީ ފިލާފައެވެ. އަދި ފާއިތުވި ނުވަ އަހަރު ލުތުފީ ފިލައިގެން އުޅުނީ އަވައްޓެރި ސްރީ ލަންކާގައެވެ.

ލުތުފީ ރާއްޖެ ގެނެސްފައިމިވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އޭނާ ހާޒިރުވެ އަމާން ދިނުމުންނެވެ. އެގޮތަށް އޭނާ ކަންތައް ކުރީ އިތުރު ގޮތެއް ނެތި ގޮތް ހުސްވުމުންނެވެ. އެއީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ލަންކާ ސިފައިންނާއި ފުލުހުން ވަރުގަދަ އޮޕަރޭޝަނެއް ފެށުމުންނެވެ.

ލުތުފީ މިރޭ ރާއްޖެ ގެނެސްފައިވާއިރު އޭނާ ލަންކަ އެމްސީއާއި ހަވާލުވީ މެއި މަހުގެ އެއްވަނަ ދުވަހުގައެވެ. ސަރުކާރުން ބުނެފައިވާގޮތުގައި ލުތުފީ ގެނައުން ލަސްވެފައިވަނީ އޭނާ ގެނައުމަށް ބޭނުންވާ ލިޔެކިޔުންތައް ނުލިބިގެންނެވެ.

ފުލުހުން މިރޭ ބުނެފައިވާގޮގުގައި ރާއްޖެ ގެނެސް ފުލުހުން ނިންމަންޖެހޭ ކަންކަން ނިންމުމަށްފަހު ކަރެކްޝަންސް އާއި އޭނާ ހަވާލުކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް