އުމުރުން 17 އަހަރުގެ ކުއްޖަކާއި 22 އަހަރުގެ މީހަކު ގުޅިގެން އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕު ކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މިދިޔަ ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައި 15 އަހަރުގެ ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
"މި މައްސަލައިގާ 17 އަހަރުގެ ފިރިހެން ކުއްޖަކާއި އަދި 22 އަހަރުގެ ފިރިހެނެއް ހައްޔަރުކުރެވިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މިމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 22 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް އަދި 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
މި ކުޑަ ކުޑަ މުޖްތަމައުގައި މިފަދަ ނޭއްގާނީ އަމަލުތައް އަންނަނީ އިންތިހާއަށް އިތުރުވަމުންނެވެ. ޖެންޑަރ މިނިސްޓްރީން އެންމެ ފަހުން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ރޭޕުގެ ފަސް މައްސަލައެއް މިދިޔަ މަހު އެކަނިވެސް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް