ލިކަމެކްއިން ބާއްވާ ނައިޓް މާކެޓް މިފަހަރު ރަސްފަންނުގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ގަވާއިދާއި އެއްގޮތަށް ބާއްވާ މި ނައިޓް މާކެޓް ބާއްވާ ހަމަޖެހިފައިވަނީ މިނިވަންދުވަހާއި ގުޅުވައިގެންނެވެ.
އެގޮތުން މި ނައިޓްމާކެޓް ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ ސައްބީހުން އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.މީގެ އިތުރުން މި ނައިޓް މާކެޓްގެ ސްޓޯލްތައް ގަތުމަށް ބޭނުންވާ ފުރުސަތު މާދާމާއިން ފެށިގެން ހުޅުވާލާނެ ކަމަށްވެސް އެ ފަރާތުން ހާމަކުރެއެވެ. އެގޮތުން މާދަމަ ހެނދުނު 9:00 އިން ހަވީރު 5:00 ގެ ނިޔަލަށް ބްރިޖް ވިއުއިން ޕްލެޓް ފޯމުގައި ސްޓޯލް ގަންނަން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުން އޮންނާނެ އެވެ.
އެފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މާކެޓިންގް މެނޭޖަރ މަރިޔަމް ސާޔާ ބުނީ މި ނައިޓްމާކެޓްގައި ވިއްކާ މުދާތަކަކީ އިކޮނޮމިކް މިނިސްޓްރީގެ ގަވާއިދާއި އެއްގޮތަށް ވިއްކާ މުދާތަކެއް ކަން ކަށަވަރުކުރުމަށް ލިކަމެކުންމަސައްކަތް ކުރާނެ ކަމަށާއި ހަމައެހެންމެ މި މާކެތްގަި ވީހާވެސް ގިނަ ފަރާތަކަށް ފުރުސަތު ދޭން ބޭނުންވާތީ ކޮންމެ މީހަކަށްވެސް ދޫކުރެވޭނީ ގިނަވެގެން ތިން ސްޓޯލް ކަމަށެވެ.
އެގޮތުން މި މާކެޓްގައި 8 ފޫޓުގެ 230 ސްޓޯލް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކޮންމެ ސްޓޯލްއެއް ލިބެން ހުންނާކީ 8000 ރުފިޔާއަށެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ގަވާއިދުގައިވާ ގޮތުން ނައިޓް މާކެޓްތަކުގައި އިމްޕޯޓްކޮށްގެން މުދާ ވިއްކުމަކީ މަނާ ކަމެކެވެ. އަދި މި މާކެޓްތަކުގައި ވިއްކާ މުދަލަކީ ފިހާރަތަކުގައި ނުވިކި ހުންނަ މުދާ ކަމުގައި ވާން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް