ފިހާރައިގެ ހަރުގަނޑުގައި ހުންނަ އައިސްކްރީމްގައި ދޫލާފައި ނުވަތަ އެއިން ބައެއް ކެއުމަށްފަހު އެ އައިސްކްރީމް އަނބުރާ ހަރުގަނޑަށް ލާގޮތަށް ސޯޝަލް މީޑިއާގައި ކުރިއަށްގެންދާ "އައިސް ކްރީމް ޗެލެންޖް" އާއި ދެކޮޅަށް އެމެރިކާ ފުލުހުހުން ނިކުމެއްޖެއެވެ.
މިކަން ހުއްޓާލުމަށް ގޮވާލައި އެމެރިކާ ފުލުހުން ނިކުމެފައިވާއިރު މި ޗެލެންޖާއި ގުޅުންހުރި ދެތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެއެވެ.
އެންމެ ފަހުން ހައްޔަރުކުރީ ލެއިސް މާޓިން ތިނެއް ނަކަމަށްކިޔާ ރައްޔިތެކެވެ. އޭނާ ހައްޔަރުކުރީ ސުޕަމާކެޓަކުން އައިސްކްރީމް ދެ ތަށި ނެގުމަށްފަހު އެއް ތަށީގެ ބައެއް ކެއުމަށްފަހު އަނެއް ތައްޓަށް އިނގިލި ކޮއްޕާ ހެދުމަށްފަހު އެ އައިސްކްރީމް އަނބުރާ ހަރުގަނޑަށްލި މައްސަލައިގައެވެ. މި ޗެލެންޖުގެ ބައިވެރިން އަންނަނީ އެމީހުންގެ މި އަމަލު ވީޑިއޯކޮށް ސޯޝަލްމީޑިއާއަށް ދޫކުރަމުންނެވެ.
މި ޗެލެންޖަކީ އެމެރިކާ އަންހެނަކު މިދިޔަ މަހުގެ 28 ގައި ސޯޝަލް މީޑިއާއަށް ދޫކުރި ޗެލެންޖެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއަށްފަހު ގިނަ ބަޔަކު އަންނަނީ މި ޗެލެންޖުގައި ބައިވެރިވެ މި ޗެލެންޖު ފުރިހަމަ ކުރަމުންނެވެ. އެ އަންހެން މީހާވެސް މިހާރު ހައްޔަރުކޮށްފައިވާކަމަށް އެމެރިކާގެ ފުލުހުން ބުނެފައިވެއެވެ.
https://twitter.com/BlindDensetsu/status/1144954255318671366
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް