އަނިޔާކޮށް ގެއިން ނެރެލާފައި އޮތް ކުޑަކުއްޖެއްގެ މައްސަލަ ބަލަނީ

އަނިޔާކުރުމަށްފަހު ގެއިން ނެރެލާފައިވާ އަށާރަ އަހަރު ނުފުރޭ ކުޑަ ފިރިހެން ކުއްޖެއްގެ މައްސަލަ ބެލުމަށް ޖެންޑާ މިނިސްޓްރީން ނިންމައިފިއެވެ. ރާއްޖޭގެ ކޮންމެވެސް ރަށެއްގައި، އަނިޔާ ކުރުމަށްފަހު ގެއިން ނެ...

09 Jul 2019 | 08:01

އަނިޔާކުރުމަށްފަހު ގެއިން ނެރެލާފައިވާ އަށާރަ އަހަރު ނުފުރޭ ކުޑަ ފިރިހެން ކުއްޖެއްގެ މައްސަލަ ބެލުމަށް ޖެންޑާ މިނިސްޓްރީން ނިންމައިފިއެވެ.

ރާއްޖޭގެ ކޮންމެވެސް ރަށެއްގައި، އަނިޔާ ކުރުމަށްފަހު ގެއިން ނެރެލާފައިވާ ކުއްޖެއްގެ ވީޑިއޯ އިއްޔެ ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފައެވެ. އެ ވީޑިއޯ އިން ފެންނަގޮތުގައި، އެކުއްޖާ އޮތީ އެރަށުގައި ހުރި ފިތުރޯނު ގަހެއްގެ ކައިރީ އޮށޯވެގެންނެވެ.

އެ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި، މައްސަލަ ބަލަމުންދާކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ކުޑަ ފިރިހެން ކުއްޖާގެ މައްސަލަ ފެންމަތިވެފައިވާއިރު، އިއްޔެގެ ވަގުތެއްގައި ތުއްތު ކުއްޖަކު ވިއްކައިލި މައްސަލައެއް ވެސް ވަނީ ފެންމަތި ވެފައެވެ. އެކުއްޖާ ފަހުން ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް