ފިނޭ އިން ދަނޑުވެރިކަމަށް ބިން ކުއްޔަށް ދޫކުރަނީ

ހދ.ފިނޭގެ ދެ އަވަށަކުން ދަނޑުވެރިކަން ކުރުމުގެ ގޮތުން ކުއްޔަށް ބިން ދޫކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ. ފިނޭ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ފިނޭ ގެ ލޭންޑްޔޫސްޑް ޕުލޭންގައިވ...

09 Jul 2019 | 07:47

ހދ.ފިނޭގެ ދެ އަވަށަކުން ދަނޑުވެރިކަން ކުރުމުގެ ގޮތުން ކުއްޔަށް ބިން ދޫކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ.

ފިނޭ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ފިނޭ ގެ ލޭންޑްޔޫސްޑް ޕުލޭންގައިވާ ގޮތުގެ މަތިން އެރަށުގެ "ޒިޔާރަތްމަގު" އަދި "ކޮށިމަގު" ހުޅަނގުފަރާތުގެ ހުސްބިން ދަނޑުވެރިކަމަށް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމުގައެވެ.

އެރަށުގެ ޒިޔާރަތްމަގުގެ ހުޅަނގު ފަރާތުން އެއްލައްކަ އަކަފޫޓުގެ އެއް ބިން ދޫކުރަން ނިންމާފައިވާއިރު، ކޮށިމަގު ސަރަހައްދުން ވެސް އެއްލައްކަ އަކަފޫޓުގެ އެއް ބިން ބިޑް އުސޫލުން ކުއްޔަށް ދޭން ބޭނުންވާކަމަށް އެރަށު ކައުންސިލުން އާންމުކުރި އިއުލާނުގައި ވެއެވެ.

މި ދެ ބިން ކުއްޔަށް ދޭން ހަމަޖެހިފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ 13:00 ށް ފިނޭ ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރުމަށްފަހު، 25 ޖުލައި 2019 ވާ ބުރާސްފަތި ދުވަހު 11:00 ށް އެ އިދާރާއަށް ދުރުވެ ބިޑް ހުށަހެޅުއްވުމަށް އެދޭކަމަށް އެކައުންސިލުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް