އަނިޔާ ލިބުނު ބިދޭސީ މީހާއާއި ފިލަން ދުވި ދިވެހި މީހާގެ ބަންދަށް 10 ދުވަސް

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުންތަކެއް އަނިޔާކުރި ބިދޭސީ މީހާ އާއި އެ އޮޕަރޭޝަން ހިންގި ގެއިން ނިކުމެ ފިލަން ދުވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދިވެހި މީހާގެ ބަންދަށް 10 ދުވަހުގެ...

09 Jul 2019 | 06:18

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުންތަކެއް އަނިޔާކުރި ބިދޭސީ މީހާ އާއި އެ އޮޕަރޭޝަން ހިންގި ގެއިން ނިކުމެ ފިލަން ދުވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދިވެހި މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފިއެވެ.

ދުވަހަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ދެމީހުންނަށްވެސް ބަންދުގެ މުއްދަތު ޖަހާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެރޭ އެ ގެ ބަލާ ފާސްކުރީ ކޯޓު އަމުރެއްގެ ދަށުން ކަމާއި، އެ ގެއަށް އައި 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އަދި އެގެއިން ފިލަން އުޅުނު 28 އަހަރުގެ ދިވެހި ފިރިހެނަކު މަގުމަތިން ހައްޔަރު ކުރިއެވެ. އަދި އެގެއިން 461 ގްރާމްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނުކަންވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް