ފުލުހުންގެ ފަރާތުން އިންސާނަކަށް ލާއިންސާނީ އަނިޔާ ލިބުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން: ދުންޔާ

ފުލުހުންގެ ފަރާތުން އިންސާނަކަށް ލާއިންސާނީ އަނިޔާތަކެއް ލިބުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ކުރީގެ ޚާރިޖީ ވަޒީރު، ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފަ...

09 Jul 2019 | 05:58

ފުލުހުންގެ ފަރާތުން އިންސާނަކަށް ލާއިންސާނީ އަނިޔާތަކެއް ލިބުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ކުރީގެ ޚާރިޖީ ވަޒީރު، ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކޮންމެ ގައުމަކަށް ނިސްބަތްވާ ރައްޔިތެއް ކަމުގައި ވީ ނަމަވެސް، ފުލުހުންނަށް ލިބިފައިވާ ބާރުގެ ބެނުންކުރުމަކީ އެކަމަނާ ގަބޫލު ކުރައްވާ ކަމެއް ނޫންކަމުގައެވެ.

https://twitter.com/dunyamaumoon/status/1148464597864574977

ދުންޔާ މިހެން ވިދާޅުވެފައިވާއިރު، ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބިދޭސީއަކަށް އަނިޔާ ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

މި ވީޑިއޯއާއި ގުޅިގެން މިހާތަނަށް ހަތް ފުލުހަކު ސަސްޕެންޑުކޮށް، އެ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރާނެކަން ފުލުހުން، ރޭގައި ވަނީ ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް