16 ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސްވިމިންގ އެސޯޝިއޭޝަން އޮފް މޯލްޑިވްސް އިން ބުނިގޮތުގައި، މި މުބާރާތް އޮންނާނީ ޖުލައި 31 ން އޮގަސްޓް 3 ށް މާލޭގައެވެ.
ބީއެމްއެލް މާލެ ސްވިމިންގ ޓްރެކްގައި ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު، 2019 ޖުލައި 25 ވަނަދުވަހު 14:00 ގެ ކުރިން އެ އެސޯސިއޭޝަނަށް ހުށަހެޅުމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
މި މުބާރާތް ކުރިން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ އެޕްރީލް 28 ގައެވެ. ނަމަވެސް އޭރު ރިންގ ރޯޑް ހެދުމުގެ މަސައްކަތް ކުރިއަށް ދާތީ މުބާރާތް ވަނީ ފަސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް