2008 ވަނަ އަހަރު މިސް ވޯލްޑް މެލޭޝިޔާ އަށް ހޮވުނު ރީތީގެ ރާނީ އަކީ ހަމައެކަނި މޮޑެލެއް ނޫނެވެ. ޑރ. ސޫ ވިންސީ އަކީ ތަޢުލީމީ ގޮތުން ވެސް އަރާހުރި އާޓިސްޓެކެވެ.
މެލޭޝިޔާގެ ރިކޯޑު ފޮތުން އެންމެ ފުރަތަމަ ސޫ ޖާގަ ހޯދީ 2016 ވަނަ އަހަރުގައެވެ. އެއީ މެލޭޝިޔާގެ މިސް ވޯލްޑްގެ ލަގަބު ލިބުނު ފަރާތަކުން އެންމެ ފުރަތަމަ ޕީއެޗްޑީ ނެގި ރެކޯޑެވެ. މީގެ އިތުރުން އެގައުމުގެ ރީތީގެ ރާނީއަކު އެންމެ ގިނައިން ތައުލީމީ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތަކީ ވެސް ސޫ ކަމަށްވުމުން، މީގެ ކުރިން ވެސް ސޫ ވަނީ އެގައުމުގެ ރިކޯޑު ފޮތުން ޖާގަ ހޯދާފައެވެ.
ސޫ އަކީ އެންމެ ފުރަތަމަ މިސް ވޯލްޑް މެލޭޝިޔާގެ ތާޖު ވެސް އެޅި މޮޑެލްއެވެ.
މިހާތަނަށް ސޫ ވަނީ ފަސް ފަހަރު ދަސްވެނިވެފައެވެ. އެންމެ ފަހުން ސޫ ދަސްވެނިވެފައި ވަނީ ވެލެންސިއާގެ ބަރކްލީ ކޮލެޖް އޮފް މިއުޒިކް އިން، ޕޯސްޓް މާސްޓާ ޑިގްރީ އެވެ. މިދިޔަ އަހަރުވެސް ސޫ ވަނީ މާސްޓާސް އިން މިއުޒިކްގެ ސެޓްފިކެޓް ހަމަ އެ ކޮލެޖުން ހާސިލްކޮށްފައެވެ.
2016 ވަނަ އަހަރު ސޫ ޕީއެޗްޑީ ހާސިލްކޮށްފައި ވަނީ ބިޒްނަސް ދާއިރާއިންނެވެ. ސޫ ބުނިގޮތުގައި މިއީ އަދި ފެށުމެކެވެ.
"އަހަރެން އުފަންވީ މޮޅު އަދި ތޫނުފިލި މީހެއްގެ ގޮތުގައެއް ނޫން. އެހެން ކަމުން އަހަރެން ކިޔެވުމެއް ނުހުއްޓާނަން. ތަފާތު ދާއިރާތަކުން ކިޔަވަން އަދިވެސް ބޭނުން." ސޫ ބުންޏެވެ.
ސޫ މިހާރު ދަނީ ފޮތެއް ލިއުމުގެ މަސައްކަތް ކުރަމުންނެވެ. އެ ފޮތް އިނގިރޭސީ ބަހުން، މެލޭޝިޔާ ބަހުން، ޗައިނީސް އަސި ސްޕޭނިޝް ބަހުން ލިޔާނެ ކަމަށް ސޫ ވަނީ ބުނެފައެވެ. މީގެ އިތުރުން ސޫ އަކީ މޮޅު އާޓިސްޓެކެވެ. އަދިވެސް ސޫ އަކީ މޮޑެލިންގ ގެ ދާއިރާގައި އަރާހުރި ތަރިއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް