ކާށިދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި ކާށިދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖުލައި 07 ވަނަ ދުވަހުގެ 01:25 އެހައިކަންހާއިރު ހިންގި މި އޮޕަރޭޝަނުގައި ކާށިދޫ ގެއަކުން ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރާއި 28 އަހަރުގެ ދެ ފިރިހެނުންނެވެ. މި ދެ މީހުންނަކީވެސް ދެ ދިވެހިންނެވެ.
"ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ބިޑިއާއި ދެ ރަބަރު ޕެކެޓް އަދި އެއް ސެލޯފިންކޮޅު ވަނީ ފެނިފައެވެ." ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލާގައި ހައްޔަރުކުރެވުނު މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 28 އަހަރުގެ މީހާއަށް ތިން ދުވަސް ދީފައިވެއެވެ. ނަމަވެސް 27 އަހަރުގެ މީހާ ވަނީ ދޫކޮށްލާފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް