ދިވެހިރާއްޖެ އިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސެއިން، އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕާއި ބައްދަލު ކުރައްވައި، ސަފީރުކަމުގެ ފަތްކޮޅު އަރުއްވައިފިއެވެ.
ތިލްމީޒާ ސަފީރުކަމުގެ ފޮތްކޮޅު ޓްރަމްޕަށް އެރުއްވީ އިއްޔެ ވައިޓް ހައުސްގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ތިލްމީޒާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރެސީ ވަރުގަދަކުރުމަށް އެމެރިކާއިން ވެދެއްވާ އެހީތެރިކަމަށް ޝުކުރު ދަންނަވާކަމަށެވެ.
https://twitter.com/Thilmeeza/status/1148365046373912578
ތިލްމީޒާ އަކީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، ރާއްޖެއިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ދާއިމީ މަންދޫބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް