ދެކުނުގެ ރަށެއްގައި ތުއްތު ކުއްޖަކު ވިއްކާލި މައްސަލައެއް ފުލުހުން ތަހްގީގު ކުރަން ފަށައިފިއެވެ.
މިކަމުގައި ރަސްމީ ކޮމެންޓެއްގެ ގޮތުގައި ފުލުހުން ބުނެފައިވަނީ ކުޑަ ކުއްޖެއް ވިއްކާލި ކަމަށްބުނެ ހުށަހެޅުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާކަމަށެވެ. އިތުރު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ކުއްޖާ ވިއްކާލިކަމަށްވަނީ 30 ހާސް ރުފިޔާއަށެވެ. އަދި އެ މުއާމަލާތް ހިންގާފައިވަނީ ދެފަރާތުގެ މެދުގައި އެކުލަވާލި އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެއްބަސްވުންވެސް، މުއާމަލާތް ހިންގި ފަރާތުގެ އަތުގައި އޮތްކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ތުއްތު، އެ ކުއްޖާ މިހާރު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް މިކަމުގައި ޖެންޑަރ މިނިސްޓްރީގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.
ރާއްޖޭގައި މިފަދަ ގޮތަކަށް ކުއްޖަކު ވިއްކާލި މައްސަލައެއް މީގެ ކުރިން ފެންމަތިވެފައިވާކަމެއް ނޭނގެއެވެ. ނަމަވެސް ގާނޫނީ ގޮތުން ބެލެނިވެރިކަން ބަދަލުކުރެވޭނެ މަގު ގާނޫނުގައި ފަހިކޮށްދީފައި އޮވެއެވެ. އެއީ ކޯޓު މެދުވެރިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް