ބޯހިޔާވަހި ކަމާއި މަސްވެރިކަމުގެ ދާއިރާއިން ސައުދީން ރާއްޖެއަށް އެހީވަނީ

ހެޔޮ އަގުގައި ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމަށާއި މަސްވެރިކަން ކުރި އެރުވުމަށް ރާއްޖެއަށް އެހީތެރިވުމާއި ގުޅޭ އެއްބަސްވުމެއްގައި ސައުދީ އަރަބިއްޔާ އާއި ރާއްޖެ އާއި ދެމެދު ސޮއިކޮށްފި އެވެ. މި އެއްބަސްވު...

09 Jul 2018 | 12:10

ހެޔޮ އަގުގައި ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމަށާއި މަސްވެރިކަން ކުރި އެރުވުމަށް ރާއްޖެއަށް އެހީތެރިވުމާއި ގުޅޭ އެއްބަސްވުމެއްގައި ސައުދީ އަރަބިއްޔާ އާއި ރާއްޖެ އާއި ދެމެދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރީ މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ސައުދީގެ އިންޓީރިއާ މިނިސްޓަރު އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފް، ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ބޯޑުގެ ޗެއާމަން އަހުމަދު ބިން އަގީލް އަލް ޙަތީބެވެ.

މި އެއްބަސްވުމާއި ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެކަމަކު މި ދެ ދާއިރާއަށް އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ސައުދީ ފަންޑު މެދުވެރިކޮށެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ރައީސް ޔާމީން ވަނީ ސައުދީގެ އިންޓީރިއާ މިނިސްޓަރާއި ބައްދަލު ކުރައްވާފައި އެވެ. އޭނާ ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް