ހޮހޮޅައިން މިއަދު ދެވަނަ ކުއްޖަކު ސަލާމަތް ކޮށްފި އެވެ. އިއްޔެ ސަލާމަތް ކުރި ހަތަރު ކުދިންނާއެކު މިހާތަނަށް ސަލާމަތްކުރި ކުދިންގެ އަދަދު މިވަނީ ހަޔަކަށް އަރާފަ އެވެ.
އިއްޔެގެ އޮޕަރޭޝަން މެދުކަނޑާލުމަށްފަހު މިއަދުގެ އޮޕަރޭޝަން ފެށިތާ ގާތްގަނޑަކަށް ހަ ގަޑިއިރުގެ ތެރޭގައި މިއަދު އެއްކުއްޖަކު ސަލާމަތުން ނެރުނު ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ. އަދި އެ ކުއްޖާ ނެރުނީ ސްޓްރެޗަރެއްގައި ކަމަށާއި އެކުއްޖާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ބުނެފައި ވެ އެވެ.
މިއަދު ދެވަނަ ކުއްޖަކު ސަލާމަތުން ނެރެފައިމިވަނީ މީގެ އިރުކޮޅެއް ކުރިންނެވެ. މިއަދު ދެވަނަ ކުއްޖަކު ސަލާމަތްކުރިކަން އެންމެ ފުރަތަމަ ކަށަވަރުކޮށްފައިވަނީ ދަ ގާޑިއަން ނޫހުންނެވެ.
https://twitter.com/jamesmassola/status/1016281677595795456
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް