ތައި ހޮހޮޅައިގާ ތާށިވި ކުދިންގެ ތެރެއިން އިއްޔެ ހަތަރު ކުއްޖަކު ސަލާމަތްކޮށް މެދުކަނޑާލި އޮޕަރޭޝަން ފެށިގެން ކުރިއަށްދާއިރު އިތުރު ކުއްޖަކު މިއަދު ސަލާމަތް ކޮށްފި ކަމަށް ސީއެންއެންއިން ރިޕޯޓް ކޮށްފި އެވެ.
ސީއެންއެންއިން މިކަން ރިޕޯޓް ކޮށްފައިވަނީ ހޮހޮޅައިގެ ބޭރުގައި ހުރި މަސްދަރަކާއި ހަވާލާދީ އެވެ. ރޮއިޓާސްއިންވެސް ރިޕޯޓް ކޮށްފައި ވެ އެވެ.
https://twitter.com/jamesmassola/status/1016261972025696256
ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާގޮތުގައި ހޮހޮޅައިން މިއަދު ނެރުނު މީހާ ގެންދިޔައީ ސްޓްރެޗަރަކަށް ލައިގެންނެވެ. މިއަދު ނެރުނު ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.
https://twitter.com/RichardBarrow/status/1016261641313243137?ref_src=twsrc%5Etfw
ނަމަވެސް ތައިލެންޑްގެ ރަސްމީ އިދާރާއަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އިއްޔެވެސް ހަތަރު ކުއްޖަކު ސަލާމަތް ކުރެވުނުކަން ކަށަވަރުކޮށްދިނީ ކުދިން ސަލާމަތްކުރިތާ ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް