އައިޔޫއެމް ހިންގުމަށް ވައިސް ޗާންސެލަރަކު އައްޔަން ކޮށްފި

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސުމުން އެ ޔުނިވާސިޓީގެ ހިންގުމަށް ...

09 Jul 2018 | 09:58

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސުމުން އެ ޔުނިވާސިޓީގެ ހިންގުމަށް ވައިސް ޗާންސެލަރަކު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެމަގާމަށް ރައީސް ޔާމީން އައްޔަން ކުރައްވާފައިވަނީ ހދ. ވައިކަރަދޫ، ބުލޫހައުސް، އާއިޝަތު ހަލީލާ އަބްދުއްސައްތާރު ކަމަށެވެ. ޗާންސެލަރުގެ މަގާމުން ޑރ ޝަހީމް އިސްތިއުފާ ނުދެއްވި ނަމަވެސް މިއަދުން ފެށިގެން ޔުނިވާސިޓީގެ ހިންގުމުގެ ހުރިހާ ޒިންމާއެއް އަދާ ކުރައްވާނީ ހަލީލާ އެވެ.

މިއަދު ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ ޝަހީމް ވިދާޅުވީ ޗާންސެލަރުގެ މަގާމުން އިސްތިއުފާ ނުދެއްވަން ނިންމެވީ ބަންޑާރަ ނައިބުގެ ލަފާފުޅާއި އެކު ރައީސް ޔާމީން އެގޮތަށް އެންގެވުމުން ކަމަށެވެ.

އެކަމަކު ރަނިން މޭޓަކަށް އައްޔަން ކުރުމުން ޑރ. ޝަހީމް ވިދާޅުވީ އެ މަގާމުން އިސްތިއުފާދެއްވާނެ ކަމަށެވެ.

ޕީޕީއެމް އިން ވަނީ ރިޔާސީ ކެމްޕެއިންގައި އިސްބޭފުޅެއްގެ ގޮތުގައި ޑރ ޝަހީމް ހުންނެވުމަށް ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް