ކޯރަމް ހަމަ ނުވެގެން މަޖިލީހުގެ ޖަލްސާ ފެށުން ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ގެ ކޯރަމް ހަމަނުވެގެން ޖަލްސާ ފެށުން 11:30 އަށް ފަސްކޮށްފި އެވެ. މިއަދު ޖަލްސާ 9:00 އަށް ފެށުމަށް ހަމަޖެހިފައި އޮތް އިރު ކޯރަމް ހަމަވޭތޯ ބަލަން ބައިގަޑިއިރެއްހާއި...

09 Jul 2018 | 05:52

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ގެ ކޯރަމް ހަމަނުވެގެން ޖަލްސާ ފެށުން 11:30 އަށް ފަސްކޮށްފި އެވެ.

މިއަދު ޖަލްސާ 9:00 އަށް ފެށުމަށް ހަމަޖެހިފައި އޮތް އިރު ކޯރަމް ހަމަވޭތޯ ބަލަން ބައިގަޑިއިރެއްހާއިރު މަޑު ކުރެއްވި އެވެ. މަޖިލީހުގެ ކޯރަމް އަކީ 21 މެންބަރުންނެވެ.

މަޖިލީހުގެ ކޯރަމް ހަމަވާވަރަށް މެންބަރު ހާޒިރުވެފައި ނުވާއިރު ޖަލްސާއަށް ހާޒިރުވެ ތިއްބެވީ ޕީޕީއެމް/ އެމްޑީއޭގެ މަދު މެންބަރުން ކޮޅެކެވެ. މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅު އެއްވެސް މެންބަރަކު ބައިވެރިއެއް ނުވެ އެވެ.

މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި އޮތީ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމާއި ސަރުކާރުގެ ފަރާތުން ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ އިބްތިދާއީ ބަހުސް އެކަންޏެވެ.

މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެމަގާމަށް ކުރިމަތި ލައްވާފައިވަނީ އެންމެ ފަރާތެކެވެ. އެއީ މަޖިލީހުގެ އަމީން އާންމުގެ ނައިބުގެ މަގާމުގައި ހުންނެވި ފާތިމަތު ނިއުޝާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް