ސަލްމާން ހާން އަބަދުވެސް ގާނޫނީ މައްސަލަ ގަނޑެއްގެ ތެރޭގައި!

ޖަނަވާރަކަށް ބަޑިން ހަމަލާދީ މަރާލިކަމުގެ ކުށް ސާބިތުވެ ސަލްމާން ހާން ޖަލަށް ލާން ހުކުމް ކުރިތާ އަދި ހައެއްކަ މަސް ނުވެ އެވެ. އެ މައްސަލައިގަ ސަލްމާން ޖަލަށް ދާން ނުޖެހި ސަލާމަތްވީ ކަފާލާތުގެ ދަށުންނެ...

09 Jul 2018 | 05:28

ޖަނަވާރަކަށް ބަޑިން ހަމަލާދީ މަރާލިކަމުގެ ކުށް ސާބިތުވެ ސަލްމާން ހާން ޖަލަށް ލާން ހުކުމް ކުރިތާ އަދި ހައެއްކަ މަސް ނުވެ އެވެ.

އެ މައްސަލައިގަ ސަލްމާން ޖަލަށް ދާން ނުޖެހި ސަލާމަތްވީ ކަފާލާތުގެ ދަށުންނެވެ. އެކަމަކު އަދިވެސް އޭނާއަށް ގައުމުން ބޭރަށް ދެވެނީ ބައެއް ގައުމުތަކަށެވެ.

އެ މައްސަލަ ރަނގަޅަށް ނޯބިގެން އުޅެނިކޮށް އަނެއްކާވެސް މީހަކު މިވަނީ ސަލްމާނާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅާފައި އެވެ. މިފަހަރު މައްސަލަ ހުށަހެޅީ ސަލްމާނާއި އޭނާގެ ބައްޕަ ސާލިމް ހާން އާއި ދެމީހުންނާ ދެކޮޅަށެވެ.

ސަލްމާންގެ އާއިލާއަށް ފޮރެސްޓް ޑިޕާޓްމަންޓުން ފޮނުވާފައިވާ ނޯޓިސްގައި ބުނެފައިވަނީ އެ ދެބަފައިންގެ ނަމުގައި އޮތް ބިމެއްގައި ގަވައިދާ ހިލާފަށް ކޮންކްރިޓް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެ މީހަކު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ހުށަހެޅި ކަމަށް ވަނީ އެ ބިމާއި ޖެހިގެން އޮތް ބިމެއް ގަނެގެން އުޅޭ އެހެން ގައުމެއްގެ ރައްޔިތެކެވެ.

މި މައްސަލައިގަ ސާލިމް ހާން ވަނީ އެ ތަނުގައި ގަވައިދާ ހިލާފު އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި އެ ބިމުގައި ކުރާ މަސައްކަތަކަށް ސަރުކާރަށް ދައްކަން ޖެހޭ ފީތައްވެސް ބަރާބަރަށް ދައްކަމުންދާ ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް