އުނގޫފާރުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ރ. އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ  ނައްތާލައިފިއެވެ. ފުލުހުން ބު...

09 Jul 2018 | 05:06

އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ރ. އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ  ނައްތާލައިފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މިތަކެތި ނައްތާލާފައިވަނީ ޖުލައި 4ވަނަ ދުވަހު ރ.އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައެވެ.

ޖުލައި 4ވަނަ ދުވަހު ނައްތާލާފައިވަނީ، 11 އިންސިޑެންޓެއްގައި ހިމެނޭ އެކި ބްރޭންޑް ތަކުގެ 289 ބަނގުރާ ފުޅިއާއި 108 ބިޔަރު ދަޅެވެ. މިތަކެއްޗަކީ 2016 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ދެމެދު، ރ. އިފުރުގައި ޤާއިމްކޮށްފައިވާ އިފުރު ޑޮމެސްޓިކް އެއަރ ޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމުގައި ފުލުހުން ބުނެ އެވެ.

ބަނގުރާ ނައްތާލުން އުނގޫފާރުގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންކަމުގައިވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް