ހަފްލާ ކުރިޔަށް ދަނިކޮށް މިތުންގެ ދަރިފުޅުގެ ކައިވެނި ކެންސަލް ކޮށްފި

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލް މިތުން ޗަކްރަބޯތީގެ ދަރިފުޅު މަހާކްޝޭ ޗަކްރަބޯތީ އާއި ދެކޮޅަށް އަންހެނަކު ރޭޕްގެ ތުހުމަތު ކުރުމާއި ގުޅިގެން ހަފްލާ ކުރިޔަށް ދަނިކޮށް އޭނާގެ ކައިވެނި ކެންސަލް ކުރަން ޖ...

09 Jul 2018 | 04:29

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލް މިތުން ޗަކްރަބޯތީގެ ދަރިފުޅު މަހާކްޝޭ ޗަކްރަބޯތީ އާއި ދެކޮޅަށް އަންހެނަކު ރޭޕްގެ ތުހުމަތު ކުރުމާއި ގުޅިގެން ހަފްލާ ކުރިޔަށް ދަނިކޮށް އޭނާގެ ކައިވެނި ކެންސަލް ކުރަން ޖެހިއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިމަހުގެ ހަތް ވަނަ ދުވަހު އޭނާ އޮތީ ސައުތް އިންޑިއަން އެކްޓްރެސް އަކާއި ކައިވެނި ކުރަން ނިންމާފައި އެވެ. އަދި އެ ހަފްލާ ކުރިޔަށް ދަނިކޮށް ފުލުހުން ވަނީ މަހާކްޝޭ އާއި ސުވާލު ކުރުމަށް ކައިވެނި ހަފްލާ ކުރިޔަށް ދިޔަ  ތަނަށް ގޮސްފައި އެވެ.

އެކަމާ ހިތްހަމަ ނުޖެހިގެން އަންހެން ކުއްޖާގެ އާއިލާއިން ވަނީ ކައިވެނި ކެންސަލް ކުރުމަށް ފަހު ހަފްލާ ދޫކޮށް ގޮސްފައި އެވެ.

މަހާކްޝޭ އާއި ދެކޮޅަށް ރޭޕްގެ މައްސަލަ ހުށަހެޅީ ބައެއް ހިންދީ ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ އަންހެނެއް ކަމަށް ވެ އެވެ. މަހާކްޝޭގެ މައްޗަށް އޭނާ ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އޭނާ އާއި އެކު ޖިންސީ ގުޅުން ހިންގީ ކައިވެނި ކުރާނެ ކަމަށް ބުނެ އޮޅުވާލައިގެން ކަމަށެވެ.

އަދި ބަލިވެ އިނުމުންވެސް ކައިވެބި ކުރާނެ ކަމަށް ބުނެ އޮޅުވާލީ ކަމަށާއި އަދި ގޮތް ނޭނގޭ ބޭސްތަކެއް ދަރިފުޅު ވައްޓާލުމަށް އޮޅުވާލައިގެން ދިން ކަމަށެވެ. މިތުންގެ އަންހެނުންނާއި ދެކޮޅަށް އޭނާ ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ މަހާކްޝޭ އޭނާ އާއި ދޭތެރޭ ކަންތައް ކުރިގޮތް ހާމަވުމުން ޔޮގިތާ އޭނާއަށް ބިރު ދެއްކި ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި މަހާކްޝޭ އާއި އެ އަންހެން މީހާ ލޯބީގެ ގޮތުން ގުޅިގެން ހަތަރު އަހަރު އުޅުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް