ޑރ. ޝަހީމަށް ޝެއިޚް ޝަމީމް މަރުހަބާ ވިދާޅުވެއްޖެ

އަންނަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އަބދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސާފައިވާއިރު ޑރ. ޝަހީމަށް ޝެއިޚް އާދަމް ޝަމީމް މަރުބަހާވިދާޅ...

09 Jul 2018 | 02:27

އަންނަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އަބދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސާފައިވާއިރު ޑރ. ޝަހީމަށް ޝެއިޚް އާދަމް ޝަމީމް މަރުބަހާވިދާޅުވެއްޖެ އެވެ.

ޕީއެސްއެމުން ހާމަކޮށްފައިވާގޮތުގައި ޑރ.ޝަހީމަށް މަރުޙަބާ ވިދާޅުވެ ޝައިޙް އާދަމް ޝަމީމް ކުރެއްވި މެސެޖުގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ. ޝަހީމް ހަމަޖެއްސެވުމަކީ ދިވެހި އުންމަތަށް ވަރަށް ބޮޑު ޚިދުމަތެއް ކޮށްދިނުމަށް ލިބުނު ފުރުޞަތެއްކަމަށާއި  އެހެންކަމުން މާތް ﷲގެ ވާގިފުޅާއެކު ކުރިއަށް ވަޑައިގަތުމަށާއި ޤައުމުގެ އިލްމުވެރިންނަށާއި ރައްޔިތުންނަށް ހެޔޮ ވިސްނުން ދެއްވުންއެދި ދުއާ ކުރައްވާކަމަށެވެ.

ޑރ. ޝަހީމަށް ޝެއިޚް ޝަމީމް މަރުހަބާ ވިދާޅުވެފައިވާއިރު ދީނީ ބައެއް އިލްމުވެރިން ޑރ. ޝަހީމަށް މަރުހަބާކިޔާފައި ވެ އެވެ. އަދި އިއްޔެ ބައެއް އިލްމުވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް ރައީސް ޔާމީނަށް ވޯޓު ދިނުމަށްވެސް އެ އިލްމުވެރިން ގޮވާލާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް