މެންބަރު އިލްހާމްގެ ކޮއްކޮމެން ސަރުކާރުގެ ވަޒީފާއިން ވަކިކޮށްފި

ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ހަތަރު ކޮއްކޮ ސަރުކާރުގެ ވަޒީފާއިން ވަކިކޮށްފި އެވެ. މިކަން އިލްހާމްގެ ގާތް ބޭފުޅަކު ވަނީ ދުވަހަށް ކަށަވަރުކޮށްދެއްވާފައި އެވެ. މަގާމުތަކުން ވަކިކުރީ، ޔޫތ...

09 Jul 2017 | 14:28

ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ހަތަރު ކޮއްކޮ ސަރުކާރުގެ ވަޒީފާއިން ވަކިކޮށްފި އެވެ.

މިކަން އިލްހާމްގެ ގާތް ބޭފުޅަކު ވަނީ ދުވަހަށް ކަށަވަރުކޮށްދެއްވާފައި އެވެ. މަގާމުތަކުން ވަކިކުރީ، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ އާދިލާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އާދަމް ޒާލިފާއި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އިސްމާއިލް އިޒްހާން އަދި އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު ހުސައިން މައުރޫފެވެ.

އޭނާ ވިދާޅުވީ އެ ހަތަރު ބޭފުޅުން މަގާމުން ވަކިކުރެއްވީ ސިޔާސީ ގޮތުން އިލްހާމް ނިންމެވި ނިންމެވުމާއި ގުޅިގެން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އިލްހާމް ޖޭޕީ މެންބަރެއްގެ ގޮތުގައި ހުންނެވި އިރުވެސް އެ މަގާމުތަކުގައި އެބޭފުޅުން ތިއްބެވި އެވެ.

އިލްހާމް މިއަދު ޕީޕިއެމްއިން ވަކިވެވަޑައިގެންނެވި އިރު މިދިޔަ ހަފްތާގައި ވަނީ އެ ޕާޓީގެ ޕީޖީގެ ޑެޕިއުޓީ ލީޑަރު ކަމުންނާއި މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާދެއްވާފައި އެވެ.

އިލްހާމް އަކީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލައިގަ ސޮއި ކުރެއްވި ޕީޕީއެމްގެ 10 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ މެންބަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް