އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބަކަށް ކުރީގެ ފޮރިން ސެކްރެޓަރީނ ޑރ އަލީ ނަސީރު ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.
އދ. ގެ އިތުރުން ޑރ އަލީ ނަސީރު ވަނީ އެމެރިކާ އާއި ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ ނޮން ރެސިޑެންޓު ސަފީރު ކަމަށްވެސް އައްޔަން ކޮށްފައި އެވެ. ޑރ ނަސީރު 2013 ވަނަ އަހަރުން ފެށިގެން ހުންނެވީ ފޮރިން ސެކްރެޓަރީގެ މަގާމުގައި އެވެ.
އދ. ދާއިމީ މަންދޫބަކަށް އައްޔަން ކުރަން ނަސީރު އައްޔަން ކުރަން މަޖިލީހުން ރުހުން ދިނީ މިދިޔަ އަހަރު އެވެ. ޑރ އަލީ ނަސީރަކީ އެމްއެމްއޭގެ ގަވަރުނަރު ޑރ އަޒީމާ އާދަމްގެ ފިރިކަލުންނެވެ. އަޒީމާ މަގާމުން އިސްތިއުފާދެއްވަން އުޅޭކަމުގެ އަޑުތަކެއް މިދުވަސްވަރު ވަނީ ފެތުރިފައެވެ. އެކަމަކު އެކަމަނާ ވަނީ އެކަން ދޮގު ކުރައްވާފައި އެވެ.
އދ. ގެ ދާއިމީ މަންދޫބަކަށް އަލީ ނަސީރު މި އައްޔަންކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އަހްމަދު ސަރީރުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް