ވެލި ބަރުކޮށްގެން ތިމަރަފުށްޓަށް ދިޔަ ދޯންޏެއް އަޑިއަށް ގޮސްފި

ވެލި ބަރުކޮށްގެން ތ. ތިމަރަފުށްޓަށް ދިޔަ ދޯންޏެއް އަޑިއަށް ގޮސްފި އެވެ. "ދޯދި" ނަމަކަށް ކިޔާ ދޯނި އަޑިއަށް ދިޔައީ ތިމަރަފުށީގައި ކުރިން ބޭނުން ކުރި ބާ ނެރު ކައިރިއަށް 33 މީޓަރު އަޑިއަށެވެ. މިކަމުގެ ރި...

09 Jul 2017 | 09:44

ވެލި ބަރުކޮށްގެން ތ. ތިމަރަފުށްޓަށް ދިޔަ ދޯންޏެއް އަޑިއަށް ގޮސްފި އެވެ.

"ދޯދި" ނަމަކަށް ކިޔާ ދޯނި އަޑިއަށް ދިޔައީ ތިމަރަފުށީގައި ކުރިން ބޭނުން ކުރި ބާ ނެރު ކައިރިއަށް 33 މީޓަރު އަޑިއަށެވެ. މިކަމުގެ ރިޕޯޓު ކޯސްޓްގާޑަށް ކޮށްފައިވަނީ މިއަދު ހެނދުނު 11:00 ހާއިރު އެވެ.

ހާދިސާ ހިނގި އިރު ދޯނީގައި ތިން ދިވެހިން ތިއްބެވެ އެކަމަކު އޭގެން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އެމްއެންޑިއެފުން ބުނީ ދޯނި ފުންކުރުމަށް އެމްއެންޑީއެފުން އެ ސރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މިއަހަރަކީ އެންމެ ގިނަ ކަނޑުމަތީގެ ހާދިސާ ހިނގަމުންދާ އަހަރު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް