ވިލުފުށީ ދާާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުންނެވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ސިޔާސީ މަޝްރަހު މިހާ ހޫނުވެފައިވާ ދުވަސް ވަރެއްގައި ޕީޕީއެމްގެ އެންމެ އަޑުގަދަ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ މެންބަރު ރިޔާޒުގެ އަޑެއް ނީވޭތީ އާންމުން ދަނީ ރިޔާޒުގެ ހިޔާލު ހުންނެވި ގޮތަކާއި މެދު ސުވާލު އުފައްދަމުންނެވެ.
ރިޔާޒު މިއަދު ވިދާޅުވީ އޭނާ ހުންނެވީ މި ސަރުކާރާއި ރައީސް ޔާމީނާއި އެކުގައި ކަމަށެވެ. އަދި އޭނާ އަކީ ޕީޕީއެމް އުފެއްދުމަށް ފުރަތަމަ ސޮއި ކުރި 10 މީހުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ ބޭފުޅެއް ކަމަށެވެ.
އެހެން ކަމުން އަދިވެސް މިހުރީ ޕީޕީއެމްއާއި ޕީޕީއެމްގެ މެންބަރުންނާއި އެކު ކަމަށް ވިދާޅުވި އެވެ. ރިޔާޒުގެ އިތުރުން ޕީޕީއެމްގެ މެންބަރުން ގެންދަވަނީ ރައީސް ޔާމީނާއި އެކު ތިއްބެވިކަން ސޯޝަލް މީޑިއާގައި ހާމަ ކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް