އިލްހާމް، ޝަހުދީ އަދި ލަތީފު ވަކިވުމަކުން ކަންބޮޑުވުމެއް ނެތް: ހަލީލް

ވެރިކަން ކުރާ ޕީޕީއެމްގެ މެންބަރު ކަމުން ދިއްދޫ ދާއިރާހެ މެންބަރު އަބްދުއް ލަތީފް މުހައްމަދު، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އަދި ހަނިމާދު ދާއިރާގެ މެންބަރު ހުސައިން ޝަހުދީ ވަކިވެވަޑައިގެ...

09 Jul 2017 | 09:07

ވެރިކަން ކުރާ ޕީޕީއެމްގެ މެންބަރު ކަމުން ދިއްދޫ ދާއިރާހެ މެންބަރު އަބްދުއް ލަތީފް މުހައްމަދު، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އަދި ހަނިމާދު ދާއިރާގެ މެންބަރު ހުސައިން ޝަހުދީ ވަކިވެވަޑައިގެންނެވުމުން ލިބޭނެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެެނެރަލްކަންވެސް ކުރައްވަމުން ގެންދަވާ ޑރ ހަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ތިން މެންބަރުން ނިސްބަތްވާ ދާއިރާގެ ތަކުގެ ރައްޔިތުން ތިބީ ސަރުކާރާއި އެކު ކަމަށެވެ. އެހެން ކަމުން އެ ތިން މެންބަރުން ޕާޓީން ކެނޑުނަސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.

ހަލީލް ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި ހިލާފަށް ޕީޕީއެމް އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ. އަދި އެ ބޭފުޅުން ޕާޓީން ވަކިވުމުން ޕީޕީއެމް އިތުރަށް ބަދަހިވާނެ ކަމަށާއި ރައީސް ޔާމީން ހުންނެވީ ވަރަށް ސާބިތު ކަމާއި އެކު ކަމަށް ވިދާޅުވި އެވެ.

https://twitter.com/abkhaleel/status/883951286663565312

https://twitter.com/abkhaleel/status/883952026584928256

މީގެ އިތުރުން ހަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމް އާއި އެމްޑީއޭގެ މެންބަރުން ތިއްބެވީ ރައްޔިތުންނާއި އެކު ރައްޔިތުންގެ ފަޅީގައި ކަމަށެވެ. އަދި އެ ދާއިރާތަކުގެ ރައްޔިތުން ބޭނުންވަނީ ތަރައްގީ އާއި ހިދުމަތް ކަމަށެވެ.

ޕީޕީއެމްއިން މިދިޔަ ހަފްތާގައި ބުނަމުން ދިޔައީ ރެއަކީ ސިޔާސީ ގޮތުން ޕީޕީއެމްގެ ފަރާތުން އުފާވެރި ހަބަރުތަކެއް ލިބިގެންދާނެ ރެއެއް ކަމަށެވެ. އެގޮތުން ރޭ ހާއްސަ ހަފްލާއެއް ކަމަށް ބުނެ މިއުޒިކް ޝޯއެއް ބޭއްވި ނަމަވެސް ސިޔާސީ ގޮތުން އުފާވެރި ހަބަރެއް ލިބިގެން ގޮސްފައެއް ނުވެ އެވެ. އެކަމަކު ރޭވެސް ޕީޕީއެމް މަޖިލީސް މެންބަރުން ވިދާޅުވީ ކުރިޔަށް އޮތް ހަފްތާގައި ލިބޭނީ ހުސް އުފާވެރި ހަބަރު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް