ރައްޔިތުންގެ މަޖިލީހުގައި ދަނގެތި ދާއިރާ ތަމްސީލުކުރައްވަމުންގެންދަވާ މަޖިލިސް މެމްބަރު އިލްހާމް އަހުމަދު، ވެރިކަންކުރާ ޕާޓީ ޕީޕީއެމުން ވަކިވެވަޑައިގެންފި އެވެ.
އެމްޕީ އިލްހާމް ޕީޕީއެމުން ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވާފައިވާކަން އިލްހާމް ވަނީ ދުވަހަށް ކަށަވަރުކޮށްދެއްވާފަ އެވެ.
ޕީޕީއެމްގެ މެމްބަރު ކަމުންނާއި ޕީޕީއެމްގެ ކައުންސިލް މެމްބަރު ކަމުން އިލްހާމް ވަކިވެވަޑައިގެންފައިވާއިރު މިހާރު މަޖިލީހަށް ވައްދާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގާ ޕީޕީއެމުން ސޮއި ކުރި ދިހަ މެމްބަރުންގެ ތެރޭގައި އެމްޕީ އިލްހާމް ހިމެނިވަޑައިގަންނަވަ އެވެ.
އިލްހާމް އަހުމަދު ވަނީ ވާދަވެރި އިންތިޚާބަކުން ޑީއާރުޕީގެ ނައިބު ލީޑަރު ކަމާއި ޕީޕީއެމްގެ ނައިބު ލީޑަރުކަން ހޮވާފައެވެ. އަދި މީގެ އިތުރުން ޖުމުހޫރީ ޕާޓީގެ ނައިބު ލީޑަރުކަންވެސް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް