ރާސްޓަސް އާއި ރީލޯޑު ކޮށްލަން "ފަސޭހަ ރީޗާޖު" ވަރެއް ނެތް!

ބުރަ، އަބަދުވެސް ވަގުތު ކުޑަތަންވެފައިވާ އާންމު ދިރިއުޅުމުގައި ކޮންމެ މީހަކުވެސް މިހާރު ބޭނުންވަނީ އަވަސް ، ފަސޭހަ އަދި އިންނަ ތަނެއްގައި އިނދެގެން ލިބޭ ހިދުމަތްތަކެވެ. މިފަހަރު ދިވެހި ޒުވާނުންތަކެއް ...

09 Jul 2017 | 06:43

ބުރަ، އަބަދުވެސް ވަގުތު ކުޑަތަންވެފައިވާ އާންމު ދިރިއުޅުމުގައި ކޮންމެ މީހަކުވެސް މިހާރު ބޭނުންވަނީ އަވަސް ، ފަސޭހަ އަދި އިންނަ ތަނެއްގައި އިނދެގެން ލިބޭ ހިދުމަތްތަކެވެ.

މިފަހަރު ދިވެހި ޒުވާނުންތަކެއް ގުޅިގެން އުފައްދާފައިވާ މި ކުންފުނިން އާންމުންނަށް ވަރަށް ރަނގަޅު ހިދުމަތެއް ދޭން ވަނީ ފަށާފައި އެވެ. ރެޖިސްޓްރީކޮށްގެން ހިންގާ "ފަސޭހަ ރީޗާޖު" ކުންފުންޏަކީ މޯބައިލް ފޯނުތަކަށް މުހިންމު ކުންފުންޏެކެވެ.

" ފަސޭހަ ރީޗާޖް" ގެނަމުގައި މިހާރު އެންޑްރޮއިޑް އެޕް ތައާރަފުކޮށް ހިދުމަތް ދޭން ފަށާފައި ވާއިރު އެޕް މެދުވެރިކޮށް ރީލޯޑް، ރާސްޓަސްގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ބިލް ދެއްކޭނެ އެވެ. އަދި އެޕް މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ފަސޭހަ ކަމާއި އެކު ޑޭޓާ ޕެކޭޖުތައްވެސް ނެގޭނެ އެވެ.

ފަސޭހަ ރީޗާޖް ކުންފުނީގެ ހިންގުމާއި ހަވާލުވެ ހުރި އަލީ އުވައިޝް ދުވަހާއި މައުލޫމާތު ހިއްސާ ކުރަމުން ބުނީ ހިދުމަތްދޭން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ ތަރުހީބާއި އިތުބާރު ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ. އަދި މަސައްކަތް ކުރަމުންދަނީ އިތުރު ހިދުމަތްތަކެއް މި އެޕްގެ ތެރެއިން ދިނުމަށް ކަމަށެވެ.

އޭނާ ބުނީ ވަރަށް އަވަހަށް އައިއޯއެސް އެޕްވެސް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ކޭޝް ކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

"މި މަސް ނިމުމުގެ ކުރިން އައިއޯއެސް އެޕް ތައާރަފް ކުރެވޭނެ އަދި މިއަހަރު ނިމުމުވުގެ ކުރިން ބީއެމްއެލް ކަސްޓަމަރުންނަށް ކާޑުން ފައިސާ ދެއްކޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ،" އުވައިޝް ބުންޏެވެ.

ފަސޭހަ ރީޗާޖުގެ ހިދުމަތް އަދި ބޭނުން ކުރެވެނީ ބީއެމްއެލް ކަސްޓަމަރުންނަށެވެ. އެކަމަކު މި ކުންފުނިން ދަނީ އިސްލާމިކް ބޭންކާއިވެސް މަޝްވަރާ ކުރަމުން ކަމަށާއި ވަރަށް އަވަހަށް އެމްއައިބީގެ ކަސްޓަމަރުންނަށް ހިދުމަތް ދޭން ފެށޭނެ ކަމަށެވެ. މީގެ އިތުރުން ކުރިޔަށް އޮތްތާއި ދިރާގު ބިލް ދެއްކުމުގެ ހިދުމަތްވެސް ލިބޭނެ އެވެ.

މި އެޕް ބޭނުން ކުރާ ފަރާތްތަކަށް ފަސޭހަ ރިޗާޖު ޓީމުން ދޭން ބޭނުންވާ ޔަގީން ކަމެއް އެބައޮތެވެ. އެއީ އެއްވެސް ފައިސާގެ މުއާމަލާތެއް އެ އެކުންފުނިން ނުކުރާނެ ކަމެވެ. ހަމައެކަނި އެޕް ހިންގާ ފަރާތާއި ހިއްސާ ކުރަން ޖެހެނީ ރީލޯޑު ނުވަތަ ރާސްޓަސް ފޮނުވަންޖެހޭ ނަމްބަރާއި ބީއެމްއެލްއިން ފައިސާ ޓްރާންސްފާ ކުރި ސލިޕްގެ ކޮޕީއެއް ނުވަތަ އެ ސްލިޕްގައި އިންނަ ރިފަރެންސް ނަމްބަރެވެ.

އައިއޯއެސްގެ އެޕްލިކޭޝަން އަދި ލޯންޗް ނުކުރި ނަމަވެސް ފަސޭހަ ރިޗާޖްގެ ވެބްސައިޓް މެދުވެރިކޮށް، އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް މިހާރުވެސް މި ހިދުމަތް ބޭނުން ކުރެވޭނެ ކަމުގައި އެ ޓީމުން ހާމަކުރެ އެވެ.

ދިވެހިންގެ ބިޒީ ދިރިއުޅުމަށް މިއީ ލިބުނު ލުޔެއް ނޫންހެއްޔެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް