ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ހުކުމް އިއްވަން ބާއްވާ ޝަރީއަތުގެ މަޖިލިސް މިއަދު ބާއްވަން ތާވަލުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާޒުގެ މައްސަލާގައި މިދިޔަ ހަފުތާވަނީ ބަޔާންތަކުގައި ސޮއި ކުރުވާ ނިންމާފަ އެވެ. އަދި ހުކުމް އިއްވުމަށް ތައްޔާރުވެފައެވެ.
ރިޔާޒު ކޯޓަށް ހާޒިރުވުމަށް ކްރިމިނަލް ކޯޓުން ޗިޓް ފޮނުވާފައިވާއިރު ހާޒިވުމަށް އަންގާފައިވަނީ މިއަދު 10:30 އަށެވެ. ރިޔާޒަށް ދައުލަތުން ދައުވާ ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަކަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް