ރައީސް މައުމޫން ސިންގަޕޫރަށް ފުރާވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ. ރައީސް މައުމޫން ފުރާވަޑައިގެންނެވީ ރޭ 11:40 ގައި އެވެ. އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ އަނބިކަނބަލުން ނަސްރީނާ އިބ...

09 Jul 2017 | 04:14

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

ރައީސް މައުމޫން ފުރާވަޑައިގެންނެވީ ރޭ 11:40 ގައި އެވެ. އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި އެކު އަމިއްލަ ދަތުރުފުޅެއްގައި އެވެ.

ބޭރަށް ފުރާވަޑައިގެންނެވުމުގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެންޓީ ކޮރަޕްޝަން ކޮމިޝަނަށް ސިޓީއަކުން އަންގަވާފައި އެވެ. އޭސީސީން ވަނީ ތީމުގޭ އޮޑިޓު ރިޕޯޓައި ގުޅޭގޮތުން މައުމޫންގެ ބަޔާނެތް ނަގަން ބޭނުންވާ ކަަމަށް ބުނެ ސިޓީއެއް ފޮނުވާފައި އެވެ. ބުރާސްފަތި ދުވަހު މައުމޫން އޭސީސީއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެ ބަޔާން ގައުމަށް އެނބުރި ވަޑައިގެން ދެއްވާނެ ކަމަށެވެ.

ރައީސް މައުމޫން ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅުގައި ހޭދަވާނެ ކަމަށް ބެލެވެނީ 10 ވަރަކަށް ދުވަހެވެ.

ގާތްގަނޑަކަށް ހަތަރު މަސް ދުވަސް ވަންދެން އިންޑިއާއި ސިންގަޕޫރުގައި އުޅުއްވުމަށް ފަހު މައުމޫން މާލެ ވަޑައިގަތީ މިދިޔަ މަހުގެ ފަހުކޮޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް