އައިއެސްގެ އަތްދަށުން މޫސަލް މިއަދު މިނިވަން ވާނެ!

މިއަދުގެ ވަގުތެއްގައި އައިއެސް ޖަމާޢަތް ބަލިކޮށް، އެ މީހުންގެ އަތްދަށުން އިރާޤު ސިޓީ މޫސަލް މިނިވަންވާނެކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފި އެވެ. އަދިވެސް ކުޑަ ހިސާބެއްގައި އެ މީހުންގެ...

09 Jul 2017 | 04:06

މިއަދުގެ ވަގުތެއްގައި އައިއެސް ޖަމާޢަތް ބަލިކޮށް، އެ މީހުންގެ އަތްދަށުން އިރާޤު ސިޓީ މޫސަލް މިނިވަންވާނެކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފި އެވެ.

އަދިވެސް ކުޑަ ހިސާބެއްގައި އެ މީހުންގެ ބާރު އެބައޮތްކަމަށާއި، ނަމަވެސް މިއަދުގެ ވަގުތެއްގައި އެ ހިސާބުވެސް އައިއެސް ޖަމާޢަތުގެ އަތްދަށުން ސަލާމަތްވާނެކަމަށް ބުނެފައިވެ އެވެ.

އިރާޤުގެ ސިފައިންގެ އިދާރާއިން އެ ޚަބަރު ކަށަވަރުކޮށް ނުދިން ނަމަވެސް އެ ޤައުމުގެ ސިފައިން ދަނީ އެ ސިޓީގެ މަގުތައް މަތީ އައިއެސް ޖަމާޢަތުގެ އަތްދަށުން މިނިވަންކަން ލިބުނުކަމަށް ބުނެ އެކަން ފާހަގަކުރަމުންނެވެ.

އައިއެސް ޖަމާޢަތުގެ އަތްދަށަށް މޫސަލް ސިޓީ ދިޔާއީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 17 ގަ އެވެ. އޭގެފަހުން އިރާޤުގެ ސިފައިން އަންނަނީ އެ ސިޓީ އައިއެސްގެ އަތްދަށުން ސަލާމަތްކުރުމަށް މަސައްކަތްކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް