ފެންބޮޑުވުމުގެ ޚާދިސާއެއްގައި ޖަޕާނުގައި 15 މީހުން މަރުވެއްޖެ

ޖަޕާނަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ފެންބޮޑުވެ، ކޯރުތައް ބަންޑުވެ ހިނގި ޚާދިސާގައި 15 މީހަކު މަރުވެއްޖެ އެވެ. ގެއްލިފައިވާ އިތުރު 15 މީހަކު ހޯދުމުގެ މަސައްކަތް އެ ޤައުމުގެ ސިފައިންދަނީ ކުރަ...

09 Jul 2017 | 03:59

ޖަޕާނަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ފެންބޮޑުވެ، ކޯރުތައް ބަންޑުވެ ހިނގި ޚާދިސާގައި 15 މީހަކު މަރުވެއްޖެ އެވެ.

ގެއްލިފައިވާ އިތުރު 15 މީހަކު ހޯދުމުގެ މަސައްކަތް އެ ޤައުމުގެ ސިފައިންދަނީ ކުރަމުންނެވެ.

ޖަޕާނުގެ ދެކުނު ހުޅަނގުގެ ރަށެއްކަމަށްވާ ކިޔުޝޫއަށް ފާއިތުވި 12 ގަޑިއިރު ތެރޭގައި ހުއްޓުމެއްނެތި ވެހުނު ވާރެޔާ ގުޅިގެން ފެންބޮޑުވެ، ބޭންކުތަކާއި، ސުކޫލުތަކާއި، އެނޫންވެސް އިމާރަތްތަކާއި، އަދި މަގުތައްވަނީ ހަލާކުވެފަ އެވެ.

ސަލާމަތްތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން މިހާރުވަނީ އެތައް ސަތޭކަ މީހަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވެސްކޮށްފަ އެވެ.

އެޤައުމުގެ ސަރުކާރުން ހާމަކުރިގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބޯކޮށްވާރޭ ވެހޭނެތީ، ސަލާމްތެރިކަން ފޯރުކޮށްދިނުމަށް 12 ހާސް ފުލުހުންނާއި، ސިފައިންނާއި، ފަޔާފައިޓަރުންގެ އިތުރުން ކޯސްޓް ގާޑްގައި މަސައްކަތްކުރާ މިހާރު ތިބޭނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް