ގުރުއާން ކުލާސް ހިންގުމުގެ ނަމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި

ގުރުއާން ކުލާހެއް ހިންގުމުގެ ނަމގައި ކުޑަ ފިރިހެން ކުދިންތަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވުނު މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނެފައިވަނީ މި މައްސަލައިގާ ތު...

09 Jun 2020 | 16:07

ގުރުއާން ކުލާހެއް ހިންގުމުގެ ނަމގައި ކުޑަ ފިރިހެން ކުދިންތަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވުނު މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މި މައްސަލައިގާ ތުހުމަތު ކުރެވޭ މީހާ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހެނދުނުގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައި ކަމަށާއި އޭނާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއްވެސް ދީފައިވާކަމަށެވެ.

ފުލުހުން އިއްޔެ ބުނެފައިވާގޮތުގައި ނޯތު ޕޮލިސް ޑިވިޒަންގައި ހިމެނޭ ރަށެއްގައި ގުރުއާން ކުލާހެއް ހިންގާ، އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު އޭނާގެ ދަރިވަރުންނަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މި މަހުގެ ހަ ވަނަ ދުވަހު ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އެއީ 18 އަހަރުން ދަށުގެ ކުޑަ ފިރިހެން ކުދިންތަކަކަށް ކަމުގައިވެސް ފުލުހުން އިއްޔެ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް