މިއީ ރައްޔިތުން އެދޭ ބަދަލު ފުލުހުންގެ މުއައްސަސާއަށް ގެނެސް ފުލުހުން ރިފޯމް ކުރަންވީ މުހިންމު ވަގުތު ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.
މި ޓްވީޓްގައި މިނިސްޓަރު ވިދާޅުވެފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ މަސައްކަތް މަޖިލީހުގައި ބާރަށް ކުރިއަށްދާކަމީ ލިބޭ އުފަލެއް ކަމަށެވެ.
"ބިލް ގާނޫނަކަށް ވާއިރު އެމްޕީއެސްއާ ގުޅޭ ކަންކަން ފުރިހަމަޔަށް ތަރުތީބު ކުރެވި، ރައްޔިތުން އިންތިހާބުކުރާ ސަރުކާރަށް އެމްޕީއެސްގެ ކަންކަން ފުރިހަމަޔަށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެހި ރައްޔިތުން އެދޭފަދަ ހިދުމަތް ދީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ޔަގީންކުރަން" މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
https://twitter.com/ShimranAb/status/1270305719875592192
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ދިވެހި ފުލުހުންގެ ހިދުމަތާއިބެހޭ ބިލުގެ ބަހުސްގެ މަރުހަލާ ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަނީ ފަށާފައެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް