މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް މުދާ އެތެރެކޮއްފައިވާ މިންވަރު ދަށަށް ހިނގައްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ނެރިފައިވާ ކުއާޓަލީ އިކޮނިމިކް ބުލެޓިންގައި ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއަށް މުދާ އެތެރެ ކޮއްފައިވާ މިންވަރު ވަނީ 5 އިންސައްތަ ދަށަށް ގޮސްފައެވެ.
އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއަށް ވަނީ 39.9 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައެވެ. 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއަށް ވަނީ 715 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައެވެ.
އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވަނީ ރާއްޖެއަށް މުދާ އެތެރެ ކޮއްފައިވާ މިންވަރު ދަށްވެފައިވަނީ މެޝިނަރީއާއި މެކޭނިކަލް ބައިތަކުގެ އިތުރުން، އިމާރަތްކުރުމަށް ބޭނުންކުރާ ތަކެތި އަދި ޕެޓްރޯލް ރާއްޖެއަށް އެތެރެކޮށްފައިވާ މިންވަރު އެ މުއްދަތުގައި ދައްވުމާ ގުޅިގެންކަމަށެވެ.
އެހެންނަމަވެސް މި މުއްދަތުގައި ރާއްޖެއިން މުދާ ބޭރުކޮށްފައިވާ މިންވަރު ވަނީ އިތުރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް